އަންހެނުންގެ ދުވަހާ ގުޅުވައި އަލައިކާ ގޮވައިލެއްވީ ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް

މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން، އަންހެނުންގެ ކަރާމާތް ރައްކާތެރިކޮށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް އައު އަޒުމެއް ކަނޑައެޅުމަށް މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓ...

09 Mar 2026 | 06:26
އތމކ މާލޭ ސިޓީ ޕީއެންސީ ކެންޑިޑޭޓް އަލައިކާ ކެމްޕޭނު ހަރަކާތެއްގައި - ފޮޓޯ: ދުވަސް

އތމކ މާލޭ ސިޓީ ޕީއެންސީ ކެންޑިޑޭޓް އަލައިކާ ކެމްޕޭނު ހަރަކާތެއްގައި - ފޮޓޯ: ދުވަސް

މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން، އަންހެނުންގެ ކަރާމާތް ރައްކާތެރިކޮށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް އައު އަޒުމެއް ކަނޑައެޅުމަށް މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކެންޑިޑޭޓް އާޝިޔަތު އަލައިކާ އަދުނާނު ގޮވާލައްވައިފިއެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހަށް އ.ދ އިން ކަނޑައަޅާފައިވާ ޝިއާރަކީ "ޙައްޤުތައް، އިންސާފު، ޢަމަލު – ހުރިހާ އަންހެނުން އަދި އަންހެން ކުދިންނަށް" މިއެވެ. މި ޝިއާރުގެ މަޤްޞަދަކީ އަންހެނުންނަށް ލިބިދޭ ޙައްޤުތަކަކީ ހަމައެކަނި ލިޔެފައި އޮންނަ ފޮޅުވަތެއްގެ ބަދަލުގައި، ޢަމަލީ ގޮތުން އިންސާފު ހޯދައިދިނުމަށް ފިޔަވަޅު އެޅުމެވެ.

އަލައިކާ ވިދާޅުވީ މުޖުތަމައުގެ ކުރިއެރުމާއި ތަރައްޤީއާ ގުޅޭ ނިންމުންތަކުގައި އަންހެނުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހިމެނުން ކަށަވަރުކުރަންޖެހޭ ކަމަށެވެ. އަދި އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދީ، މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވާންޖެހޭ ކަމަށާއި، އެކަނިވެރި މައިންނާއި ދަތި ހާލުގައި އުޅޭ އާއިލާތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މުއައްސަސާތައް އެއްބާރުލައިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އޭގެ އިތުރުން އަންހެނުންގެ ޞިއްޙަތާއި ރައްކާތެރިކަމާއި ޒަރޫރީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްތައް ކަށަވަރުކޮށްދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާޙުތަކުގެ ސަބަބުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލިބިދޭ އިތުރު އިޚްތިޔާރުތަކާއެކު ބްލޮކް ގްރާންޓް %10 އަށް ބޮޑުވެގެން ދިއުމުން، މި މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އަލައިކާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް