އެންމެ ބޮޑު އިސްކަމެއް، އަހަރަކަށްވުރެ ގިނަ ދުވަސްވީ މައްސަލަތައް ނިންމަން

މިއަހަރުގެ ތެރޭގައި ޝަރުޢީ ނިޒާމުގެ އެންމެ ބޮޑު އަމާޒަކީ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކަށް އިންސާފު ހޯދައިދިނުން ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅ...

09 Feb 2026 | 10:41
ޤަޞާއީ އަހަރު 2026 އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ބަޔާން އިއްވަވަނީ /ފޮޓޯ: ރައީސް އޮފީސް

ޤަޞާއީ އަހަރު 2026 އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ބަޔާން އިއްވަވަނީ /ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ތެރޭގައި ޝަރުޢީ ނިޒާމުގެ އެންމެ ބޮޑު އަމާޒަކީ އެއް އަހަރަށްވުރެ

ގިނަ ދުވަސްވެފައިވާ މައްސަލަތަކަށް އިންސާފު ހޯދައިދިނުން ކަމަށް އުއްތަމަ

ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

2026 ވަނަ އަހަރުގެ

ޤަޟާޢީ އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ

ފަނޑިޔާރު ވަނީ، ޝަރުޢީ ދާއިރާ މިނިވަންކަމާއެކު ހިންގުމަށް ސަރުކާރުން ދެއްވާ

އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޯޓުތަކުގެ ހިންގުން

ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު އެމަނިކުފާނު

ހިއްސާކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، ފަނޑިޔާރުން

އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި ނަމަވެސް، މާޒީގައި މި ދާއިރާއަށް

ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ވަނީ

ކުރިމަތިވެފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ

ސަމާލުކަމަށް މިކަންކަން ގެނައުމުން، ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް

ޝަރުޢީ ދާއިރާއަށް ޚާއްސަކޮށް، ބަޖެޓުގެ މިނިވަންކަން

ކަށަވަރުކޮށްދެއްވާފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މީގެ އިތުރުން

މުވައްޒަފުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއި، ޖާގައިގެ ދަތިކަން

ހައްލުކުރުމަށް އާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރު ފެށުމަކީ ލިބުނު ބޮޑު

އުއްމީދެއް ކަމުގައި ވިދާޅުވިއެވެ.

މިއަހަރު އަލަށް ހުށަހެޅޭނެ ކަމަށް ލަފާކުރާ 21,000 މައްސަލައިގެ މަސައްކަތް

ކުރިއަށްދާއިރު، އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށް

ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އިންސާފު

ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ސިފަކުރައްވަމުން، ދިގުލައިގެން ގޮސްފައިވާ

މައްސަލަތައް އަވަސްކުރުމަކީ މިއަހަރުގެ އެންމެ މުހިންމު ލަނޑުދަނޑި ކަމަށްވެސް

އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރު ފެށުނުއިރު ނުނިމި ހުރި، އެއް އަހަރަށްވުރެ ދުވަސްވީ 1,332 މައްސަލަ

ހުރިކަން ފާހަގަކުރައްވައި، އެކަންކަމުގެ ހައްލު ހޯދުމަށްޓަކައި ކުރިއަށް އޮތް

އަންގާރަ ދުވަހު ޚާއްސަ ޓާސްކް ފޯސްއެއް އެކުލަވައިލާނެ ކަމަށްވެސް އުއްތަމަ

ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް