ހާދިސާގެ ބައެއް މަންޒަރުތައް - ކޮލާޖް ފޮޓޯ/ އެމްވީ ކްރައިސިސް
2026
ފެބުރުއަރީ އަށް ވަނަ ދުވަހުގެ ރޭ، މާލެ އިން ހުޅުމާލެ އަށް ދަތުރުކުރާ ހައިވޭގެ
ކާރު ލޭންގައި މަޑުކޮށްގެން އޮތް ކާރެއްގައި، ފަހަތުން ދުއްވާފަ އައި އެހެން
ކާރެއް ޖެހި ކޮންޓްރޯލްއިން ނެއްޓި އެކްސިޑެންޓެއް ހިނގައިފިއެވެ.
ދުވަހަަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މަޑުކޮށްފައި އޮތް ކާރުގައި އިން ޑްރައިވަރު އެވަގުތު ވިއްސައިގެން ގޮސް ޖެހިގެން
އޮތް ހުޅުމާލެއިން މާލެއަށްދާ ލޭނަށް ވެއްޓުނެވެ. އަދި އެ ޑްރައިވަރުގެ
ބޯ ފަޅައިގެން ގޮސް، ކަނާތު ކޮނޑު ހުޅުން ނެއްޓިފައިވާ ކަމަށްވެސް މަޢުލޫމާތު ވަނީ
ލިބިފައެވެ.
މީގެ އިތުރުން ޖެހުނު އަނެއް ކާރު، އެނބުރިގެން ގޮސް 4 ސައިކަލެއްގައި ޖެހި،
އެތަނުން އެއް ސައިކަލު ދުއްވަން އިން މީހާ ކާރެއްގެ ދަށައް ވެއްޓުނުކަމަށާއި، އެ
މީހާއަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓްގައި ހަތަރު މީހަކަށް ވަނީ އަނިޔާ ލިބިފައެވެ. އަދި އެ މީހުންނަށް
އައިޖީއެމްއެޗްގައާއި ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދެ މީހުން
މިހާރު ވަނީ ގެއަށް ދޫ ކޮށްލާފައެވެ. އަނެއް ދެމީހުންނަށް އަދިވެސް ފަރުވާދެމުންދާ
ކަމަށާއި، އެ ދެމީހުންގެވެސް ހާލު ރަނގަޅު ވަމުން ދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި އެކްސިޑެންޓްވި އުޅުނދުތަކަށް އެކި ގެއްލުންތައް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް