ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރީންނަށް ތަމްރީނު ދޭން އައިއެލްއޯއިން ނިންމައިފި

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބަންގްލަދޭޝް އަށް ނިސްބަތްވާ މަސައްކަތްތެރީން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް ޕްރޮގްރާމްތަކެއް އިންތިޒާމުކޮށް ހިންގުމަށް އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނުން ނިންމ...

09 Feb 2026 | 02:26
N/A

N/A

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބަންގްލަދޭޝް އަށް

ނިސްބަތްވާ މަސައްކަތްތެރީން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް ޕްރޮގްރާމްތަކެއް

އިންތިޒާމުކޮށް ހިންގުމަށް އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނުން ނިންމައިފިއެވެ.

މި ނިންމުން ނިންމީ މާލޭގައި ހުންނަ ބަންގްލަދޭޝް ހައި

ކޮމިޝަންގައި އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

އައިއެލްއޯއިން ލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ

ކަންޓްރީ ޑައިރެކްޓަރު ޖޯނީ ސިމްޕްސަން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ރާއްޖޭގައި

ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނަރު މުޙައްމަދު ނަޒްމުލް އިސްލާމްއާ ބައްދަލުކުރެއްވިއެވެ.

މި ބައްދަލުވުމުގެ މަގްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ

ޙައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތިން ފަރާތުން ގުޅިގެން ހަރުދަނާ މަސައްކަތްތައް

ކުރުމެވެ.

ސިމްޕްސަން ވިދާޅުވީ ރާއްޖެއަށް މިވަގުތު ބޭނުންވަނީ

ހުނަރުވެރި މަސައްކަތްތެރިންކަމަށާ، އެހެންކަމުން ބަންގްލަދޭޝްގެ ހުނަރުވެރި މުވައްޒަފުން

ރާއްޖެއަށް ގެނައުމަށް މަގުފަހިވާނޭހެން އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށެވެ.

އަދި ގައުމުން ބޭރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޝަކުވާތައް ބަލައިދިނުމުގެ އިތުރުން

ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގަން ތައްޔާރަށް ތިބިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝް ހައި ކޮމިޝަނަރު ވިދާޅުވީ މުވައްޒަފުންނަށް

ކުރިމަތިވާ މައްސަލަތައް ދެ ގައުމުގެ ދެމެދުގައި އެކަނި މަޝްވަރާކޮށްގެން ހައްލު ނުވާނެކަމަށާއި،

ބަންގްލަދޭޝް، ރާއްޖެ އަދި އައިއެލްއޯ ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި

މަސައްކަތްތެރިންގެ ހުނަރުވެރިކަން ތަރައްގީކުރުމާއި އަދުލުވެރި އުޖޫރަ ދިނުމާއި ޙައްގުތައް

ރައްކާތެރިކުރުމަށް ތިން ފަރާތުގެ މެދުގައި ރަސްމީ އެއްބާރުލުމުގެ އޮނިގަނޑެއް އެކުލަވައިލަން

ޖެހޭކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ މަސައްކަތްތެރިންގެ ބާޒާރަށް

ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ރާވައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް

މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައިގެ މައްސަލަ ހައްލުކުރުމުގެ ގޮތްތަކާއި ގުޅޭގޮތުންވެސް

މަޝްވަރާކުރިއެވެ. ދެ ފަރާތުންވެސް ފާހަގަކުރީ އައިއެލްއޯގެ އުސޫލުތަކާއި ރާއްޖޭގެ

ސަރުކާރުގެ މަސައްކަތްތެރިންގެ ހަމަތައް އެއްހަމައަކަށް ގެނެސް، ފުރިހަމަ ރައްކާތެރިކަން

ލިބިދިނުމަކީ މުހިންމު ކަމެއްކަމަށެވެ.

ބައްދަލުވުން ނިންމާލީ ތިން ފަރާތުން ގުޅިގެން ހަރުދަނާ

މަސައްކަތްތައް ކުރުމުން ރާއްޖެއަށް މަސައްކަތަށް އަންނަ ބަންގްލަދޭޝް މުވައްޒަފުންނަށް

ސަލާމަތާއި ކަރާމާތާއި އެކު ދިރިއުޅުމުގެ ފުރުސަތު ފަހިވެ، އެ މީހުންގެ ދުޅަހެޔޮކަން

ރަނގަޅުވެގެންދާނެކަމަށް އެ ދެ ފަރާތުންވެސް އުންމީދު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް