ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑު މިރޭ ލަންކާއަށް އަރާނެ

ބަންގާޅު ކަނޑުގައި މިހާރު "ޑީޕް ޑިޕްރެޝަން" ސްޓޭޓަސްގައި ހުރި ކޮޅިގަނޑު މިރޭގެ ވަގުތެއްގައި ސްރީލަންކާއަށް އަރާނެކަމަށް ލަފާކޮސްފިއެވެ. ބަންގާޅުކަނޑުގައި މިއަހަރު އުފެދުނު ފުރަތަމަ ކޮޅިގަނޑުކަމުގައިވާ...

09 Jan 2026 | 04:36
އެންމެ ފަހުން ލަންކާއަށް އެރި ތޫފާން ދިތުވާގައި ލަންކާއަށް ލިބުނު ގެއްލުން -

އެންމެ ފަހުން ލަންކާއަށް އެރި ތޫފާން ދިތުވާގައި ލަންކާއަށް ލިބުނު ގެއްލުން -

ބަންގާޅު ކަނޑުގައި މިހާރު "ޑީޕް ޑިޕްރެޝަން"

ސްޓޭޓަސްގައި ހުރި ކޮޅިގަނޑު މިރޭގެ ވަގުތެއްގައި ސްރީލަންކާއަށް އަރާނެކަމަށް

ލަފާކޮސްފިއެވެ.

ބަންގާޅުކަނޑުގައި މިއަހަރު އުފެދުނު ފުރަތަމަ ކޮޅިގަނޑުކަމުގައިވާ

މި ކޮޅިގަނޑު އެންމެ ފުރަތަމަ އުފެދުނީ މި މަހުގެ ފަސްވަނަ ދުވަހުގައެވެ. ހަ ވަނަ

ދުވަހު "ވެލް މާކްޑް ލޯ ޕްރެޝަރ" އަކަށް ބަދަލުވެ ހަތްވަނަ ދުވަހު "ޑިޕްރެޝަން"

އަކަށް އަދި އަށްވަނަ ދުވަހު "ޑީޕް ޑިޕްރެޝަން" އަކަށް ބަދަލުވިއެވެ.

ކޮޅިގަނޑުގެ ސީދާ މިސްރާބު ލަންކާއާއި ދިމާއަށް

ހުރި އިރު ކޮޅިގަނޑުގެ ބާރު އަދި ދަނީ ގަދަވަމުންކަމަށް ލަފާކޮށްފައިވެއެވެ.

ނަމަވެސް ތޫފާނަކަށް ބަދަލުވާނެކަމަށް އަދި ލަފާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް