ރާއްޖޭގައި ބަންގްލަދޭޝްގެ ދެ ރައްޔިތަކު އެއް ދުވަހެއްގައި ހާޓް އެޓޭކް ޖެހިގެން މަރު !

ރާއްޖޭގައި ވަޒީފާ އަދާކުރަމުންދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތަކު އެއް ދުވަހެއްގައި ހާޓް އެޓޭކެއް ޖެހިގެން މަރުވި ޚަބަރު އެ ޤައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. ބެލެވޭގޮތުގައި އެފަދަ ގޮތަކަށް އެ ރިޕޯޓް...

08 Dec 2025 | 06:14
N/A

N/A

ރާއްޖޭގައި ވަޒީފާ އަދާކުރަމުންދިޔަ ބަންގްލަދޭޝްގެ

ދެ ރައްޔިތަކު އެއް ދުވަހެއްގައި ހާޓް އެޓޭކެއް ޖެހިގެން މަރުވި ޚަބަރު އެ ޤައުމުގެ

ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ބެލެވޭގޮތުގައި އެފަދަ ގޮތަކަށް އެ ރިޕޯޓްކުރީ އެ

ދެމީހުންނަކީވެސް ބަންގްލަދޭޝްގެ އެއް ސަރަހައްދަކަށް ނިސްބަތްވާ ދެމީހަކަށް

ވެފައި ހަމަ އެއް ދުވަހެއްގައި ކައިރި ވަގުތެއްގައި ދެމީހުންވެސް ހާޓް އެޓޭކެއް ޖެހިގެން

މަރުވުމުންނެވެ.

ބަންގްލަދޭޝް ގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި

އެ ދެމީހުންނަކީ ބަންގްލަދޭޝްގެ މޯލްވީ ބާޒާރަށް ނިސްބަތްވާ، އުމުރުން 64 އަހަރުގެ

ސެލީމުއްދީނާއި އުމުރުން 48 އަހަރުގެ އަހްމަދު ކަމާލެވެ.

ހާޓް އެޓޭކް ޖެހި ދެމީހުންވެސް މަރުވީ މިދިޔަ ހޮނިހިރު

ދުވަހުގައެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި ކަމާލް ރާއްޖޭގައި އުޅުނީ

ޞައްޙަ ވިޒާއެއްގައެވެ. ނަމަވެސް ސެލީމުއްދީން އުޅެމުންދިޔައީ ޞައްޙަ ވިޒާއެއް

ނެތިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް