N/A
މީހެއްގެ ވައިބަރ އެކައުންޓެއް ކޮމްޕްރޮމައިޒްކޮށް
އެމީހާގެ ނަމުގައި ދޮޅު ލައްކަ ރުފިޔާ ހޯދި މައްސަލައެއްގައި ދެމީހަކު
ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ މާލޭ، ގ. މާލެހިޔާ 1-16-0،
އުމުރުން 33 އަހަރުގެ އަޙްމަދު ޙައްސާނާއި ނ. މަނަދޫ، ވެށި، އުމުރުން 33 އަހަރުގެ
ޙުސައިން ސަމާޙެވެ.
ފުލުހުން ބުނެފައިވާގޮތުގައި ޙައްސަނު ވަނީ އެ
ފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް
ދީފައިވާކަމަށްވެސް ބުނެފައިވެއެވެ.
ހަމަ މި މައްސަލައިގާ ހިމެނޭ ދެވަނަ މީހާ ކަމުގައިވާ
ސަމާޙުވެސް 75،000 ރުފިޔާ ނަގާފައިވާކަމަށާއި އޭނާ އެކަމަށް ވަކި އެކައުންޓެއް
ހުޅުވައި މަންފާ ހޯދުމަށް އެ އެކައުންޓް ކުއްޔަށްދިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ސަމާޙްގެ ބަންދަށް ކޯޓުން ދީފައިވަނީ 12 ދުވަހުގެ
މުއްދަތެކެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ
އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލައެއްގެ ތަޙްޤީޤުގެ ތެރެއިންނެވ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް