ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް، ސައިކަލު ދުއްވި މީހާއަށް ފަރުވާ ދެނީ

​މާލޭގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރިންނެވެ. މި ހާދިސާގެ ރިޕޯޓު ކުރީ މިރޭ 7:07 ހާއިރު އެވެ. ފުލުހުން...

08 Jul 2026 | 18:43
ފޮޓޯ: އެމްވީކްރައިސިސް

ފޮޓޯ: އެމްވީކްރައިސިސް

​މާލޭގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރިންނެވެ. މި ހާދިސާގެ ރިޕޯޓު ކުރީ މިރޭ 7:07 ހާއިރު އެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެކަކަށް އަނިޔާވެފައިވާ ކަމަށެވެ. އެއީ ސައިކަލު ދުއްވަން އިން މީހާ އެވެ.

އެމީހާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. އެކްސިޑެންޓުގައި އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލް އަދި ނޭނގެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް