ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތަކާ މެދު ބޮޑެތި ސުވާލުތަކެއް

އެމެރިކާ، އިސްރާއީލު އަދި އީރާނުން ދެ ހަފުތާގެ ވަގުތީ ހަނގުރާމަ ހުއްޓާލުމަކަށް އެއްބަސްވި ނަމަވެސް، މި އެއްބަސްވުމުގެ ޝަރުތުތަކާ މެދު ދެ ފަރާތުން ދައްކާ ވާހަކަ ދިމާނުވެ، ބޮޑެތި ސުވާލުތައް އުފެދިފައިވާ...

08 Apr 2026 | 17:00
މި ހަނގުރާމައިގާ އެމެރިކާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަން "އެޕިކް ފިއުރީ" ގެ ތެރެއިން -

މި ހަނގުރާމައިގާ އެމެރިކާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަން "އެޕިކް ފިއުރީ" ގެ ތެރެއިން -

އެމެރިކާ، އިސްރާއީލު އަދި އީރާނުން ދެ ހަފުތާގެ ވަގުތީ ހަނގުރާމަ ހުއްޓާލުމަކަށް އެއްބަސްވި ނަމަވެސް، މި އެއްބަސްވުމުގެ ޝަރުތުތަކާ މެދު ދެ ފަރާތުން ދައްކާ ވާހަކަ ދިމާނުވެ، ބޮޑެތި ސުވާލުތައް އުފެދިފައިވާ ކަމަށް އޭޕީ ނިއުސް އިން ރިޕޯޓުކޮށްފިއެވެ.

އީރާނުން ބުނާ ގޮތުގައި، ތެޔޮ ދަތުރުކުރާ މުހިންމު މަގެއް ކަމުގައިވާ ހޯމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުން ރަސްމީކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި ޔޫރޭނިއަމް ފައްކާކުރުން ވެސް ހުއްޓާނުލާނެ ކަމަށް އީރާނުން ބުނެއެވެ. ނަމަވެސް މި ޝަރުތުތަކަށް އެމެރިކާ ނުވަތަ އިސްރާއީލުން އެއްބަސްވީ ކަމެއް ސާފެއް ނޫނެވެ. ދެ ފަރާތުން ވެސް ކާމިޔާބީ އިއުލާނުކުރި ނަމަވެސް، ކޮންމެ ފަރާތެއްގެ ވާހަކަ ވެސް ތަފާތެވެ. އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތް ސިފަކުރީ މިއީ "ބޮޑު އަސްކަރީ ކާމިޔާބީއެއް" ކަމަށެވެ. އީރާނުގެ އަސްކަރިއްޔާ އިން ބުނީ އެމެރިކާ އާއި އިސްރާއީލު ލައްވައި އީރާނުގެ ޝަރުތުތައް ގަބޫލުކޮށް "އަމާން ދީފައިވާ" ކަމަށެވެ.

މި ނުތަނަވަސްކަން އިތުރަށް ބޮޑުވަނީ އެއްބަސްވުމަށް ފަހު ވެސް ހަމަލާތައް ހުއްޓިފައި ނުވާތީއެވެ. ލުބުނާނުގެ ބޯޑަރުގައި ހިޒްބުﷲ އިން ރޮކެޓާއި ޑްރޯން ހަމަލާ ދެމުން ގެންދިޔައިރު، އިސްރާއީލުން ބޮރޫތުގެ އިމާރާތްތަކަށް ވައިގެ ހަމަލާ ދީފައިވެއެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވޭންސް ވެސް މި އެއްބަސްވުން ސިފަކުރެއްވީ "ނާޒުކު" އެއްބަސްވުމެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް