ދާނެ ޕާޓީ ނިންމައިފިން - ޕޯޑިއަމް އިން ވަރަށް އަވަހަށް ފެންނާނެ: ނަހުލާ

ގުޅޭނެ ސިޔާސީ ޕާޓީ ނިންމައިފައިވާ ކަމަށާއި އެ ޕާޓީގެ ޕޯޑިއަމުން ވަރަށް އަވަހަށް ފެންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ. ނަހުލާ ފޭސްބުކްގައި ކުރެ...

08 Apr 2026 | 10:50
N/A

N/A

ގުޅޭނެ ސިޔާސީ ޕާޓީ ނިންމައިފައިވާ ކަމަށާއި އެ ޕާޓީގެ ޕޯޑިއަމުން ވަރަށް އަވަހަށް ފެންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ނަހުލާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާނެ ޕާޓީ ނިންމައިފައިވާ ކަމަށާއި އެއީ ޕީއެންސީ ނޫން ކަމަށެވެ. ނަމަވެސް އެއީ ކޮން ޕާޓީއެއް ކަމެއް ހާމަކުރައްވައިފައެއް ނުވެއެވެ.

ނަހުލާ ވަނީ ގޮނޑި ވިއްކުމުގައި އުޅޭ ފަރާތްތަކަށް ފާޑުވިދާޅުވެ، އެ އެންމެންވެސް އުޅެނީ ފައިސާގެ ފަހަތުން ކަމަށް ސިފަކުރައްވައިފައެވެ. އަދި ކައުންސިލް އިންތިޚާބުގައި ބޮޑު ތަފާތުން ބަލިވި ފަރާތްތައް، ބަލިވި ސަބަބާ ދޭތެރޭ ވިސްނުން މާ ރަނގަޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަހުލާ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ހަތަރު އަހަރު ސިޔާސީ ޕާޓީއެއްގައި ނެތި މިނިވަން މެންބަރެއްގެ ގޮތުގައި ކައުންސިލުގައި ޚިދުމަތްކުރެއްވުމަށް ފަހު، ޕާޓީއަކާ ގުޅިގެން ޚިދުމަތްކުރައްވަން ނިންމެވީ ކަމަށެވެ. ހަފުތާ ބަންދުގައި ނިމުނު ކައުންސިލް އިންތިޚާބުގައި ނަހުލާ ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރެއްވި ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް