ވެއްޓުނު އެމެރިކާ ޕައިލެޓް ސަލާމަތްކުރީ "ގޯސްޓް މާމާ" ނަމަކަށް ކިޔާ އޭއައި ޓެކްނޮލޮޖީން

އީރާނުގެ ދެކުނުގައި ވައްޓާލި އެމެރިކާގެ އެފް-15 ޖެޓުގެ ޕައިލެޓް ހޯދައި ސަލާމަތްކުރީ "ގޯސްޓް މާމާ" ނަމަކަށް ކިޔާ، މީގެ ކުރިން ދުވަހަކު ވެސް ބޭނުންކޮށްފައި ނުވާ ސީއައިއޭގެ ސިއްރު ޓެކްނޮލޮޖީއެއް ބޭނުންކޮ...

08 Apr 2026 | 10:44
މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

އީރާނުގެ ދެކުނުގައި ވައްޓާލި އެމެރިކާގެ އެފް-15 ޖެޓުގެ ޕައިލެޓް ހޯދައި ސަލާމަތްކުރީ "ގޯސްޓް މާމާ" ނަމަކަށް ކިޔާ، މީގެ ކުރިން ދުވަހަކު ވެސް ބޭނުންކޮށްފައި ނުވާ ސީއައިއޭގެ ސިއްރު ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ކަމަށް ނިއު ޔޯކް ޕޯސްޓުން ރިޕޯޓުކޮށްފިއެވެ.

މި ޓެކްނޮލޮޖީ މަސައްކަތްކުރަނީ ކުއެންޓަމް މެގްނެޓޯމެޓްރީ މެދުވެރިކޮށް އިންސާނެއްގެ ހިތުގެ ވިންދުގެ އިލެކްޓްރޯމެގްނެޓިކް ފިންގާޕްރިންޓް ދެނެގަނެ، އާޓިފިޝަލް އިންޓެލިޖެންސް ސޮފްޓްވެއާ ބޭނުންކޮށްގެން އެ ސިގްނަލް ވަކިކޮށްގެންނެވެ. ލޮކްހީޑް މާޓިންގެ ސިއްރު ޑިވެލޮޕްމަންޓް ޑިވިޝަން ކަމަށްވާ ސްކަންކް ވާކްސް އިން އުފެއްދި މި ޓެކްނޮލޮޖީއާ ގުޅޭ ގޮތުން އެ ކުންފުނިން ވާހަކައެއް ނުދައްކައެވެ.

"ޑޫޑް 44 ބްރާވޯ" ގެ ނަމުން ދެނެގަނެވިފައިވާ އެ ޕައިލެޓް، ޖެޓް ވައްޓާލިތާ ދެ ދުވަސް ވަންދެން ފަރުބަދައެއްގެ ނިވަލުގައި ފިލައިގެން އޮތީ، އީރާނު ސިފައިން އެ ސަރަހައްދު ބަލައި ހޯދަމުން ދަނިކޮށެވެ. ހޯމަ ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސް ބްރީފިންގެއްގައި ޓްރަމްޕް ބުނީ ސީއައިއޭއިން އެ ޕައިލެޓް ދެނެގަތީ 40 މޭލު ދުރުން ކަމަށެވެ. ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު އެ ޕައިލެޓް ދިރިހުރިކަމާއި ފިލައި އޮތް ތަން ކަށަވަރުކުރެވުނު ކަމަށެވެ.

މި އޮޕަރޭޝަނުގައި އެތައް ސަތޭކަ އެމެރިކާ ސިފައިން ބައިވެރިވިއިރު، ސަލާމަތީ މަސައްކަތުގައި ބައިވެރިވި ދެ މަތިންދާބޯޓު ބިމުގައި ތާށިވެ، އެ ބޯޓުތައް ނައްތާލަން ޖެހުނެވެ. ނަމަވެސް މި އޮޕަރޭޝަނުގައި އެއްވެސް އެމެރިކާ ސިފައިންގެ ފުރާނައަށް ގެއްލުމެއް ނުލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް