މަސްވެރިކަން ދަށްވުމުން ތެޔޮ މަސްދަޅުގެ ސްޓޮކް ތަންކޮޅެއް ދަށް - ވިއްކާނީ ލިމިޓްކޮށްގެން: މިފްކޯ

މަސްވެރިކަން ދަށްވުމުގެ ސަބަބުން، މިފްކޯއިން ތެޔޮ މަސްދަޅު ކޭސް ވިއްކާ މިންވަރު ކޮންޓްރޯލްކުރަން ފަށައިފިއެވެ. ދުވަހަށް މައުލޫމާތުދެމުން މިފްކޯއިން ބުނީ އިން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މި ފިޔަވ...

08 Apr 2026 | 10:42
N/A

N/A

މަސްވެރިކަން ދަށްވުމުގެ ސަބަބުން، މިފްކޯއިން ތެޔޮ

މަސްދަޅު ކޭސް ވިއްކާ މިންވަރު ކޮންޓްރޯލްކުރަން ފަށައިފިއެވެ.

ދުވަހަށް މައުލޫމާތުދެމުން މިފްކޯއިން ބުނީ އިން މިދިޔަ ހޮނިހިރު ދުވަހުން

ފެށިގެން މި ފިޔަވަޅު އަޅަން ޖެހުނީ މަސްވެރިކަން ދަށްވުމާ ގުޅިގެން ކަމަށެވެ. ތެޔޮ މަސްދަޅު ލިމިޓު ކުރަން ޖެހުނު ނަމަވެސް އެ ކުންފުނީގެ އެހެނިހެން އުފެއްދުންތައް އެއްވެސް ލިމިޓެއް ނެތި ލިބެން

ހުންނާނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

ސްޓޮކް އިތުރުވަންދެން ކޮންމެ ކަސްޓަމަރަކަށްވެސް މިހާރު

ވިއްކުމަށް ހަމަޖެހިފައިވަނީ 24 ނުވަތަ 48 ދަޅުގެ އެންމެ ކޭހެކެވެ. މިގޮތަށް

ލިމިޓް ކުރީ މަސްދަޅު ލިބުމުގައި ދަތިތަކެއް ކުރިމަތިވިޔަ ނުދީ، ރައްޔިތުންނަށް

ހަމަހަމަކަމާއެކު މިފްކޯގެ އަގުގައި ތެޔޮ މަސްދަޅު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް މިފްކޯއިން ހާމަކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ

ގުޅިގެން، ދާދިފަހުން ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރުމަށް ނިންމި ނަމަވެސް، އެ

ނިންމުން ފަހުން ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން މިހާރުވެސް ތެޔޮ މަސްދަޅު

ލިބެން ހުންނާނީ ކުރީގެ އަގުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް