އިޒްރޭލުގެ ބޮޑުވަޒީރު ނެތަންޔާހޫ -
ޑޮނަލްޑް ޓްރަމްޕު އިޢުލާނުކުރި ދެ ހަފުތާގެ ހަނގުރާމަ މެދުކަނޑާލުމުގައި ލުބުނާނު ނުހިމެނޭ ކަމަށް ބުނެ، ލުބުނާނުގައި ހިޒްބުالله އާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް އިޒްރޭލުން ބުނެފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މިހެން ބުނީ، ޕާކިސްތާނުގެ މެދުވެރިކަމުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފު "ލުބުނާނު ހިމެނޭ ގޮތަށް ހުރިހާ ތަނެއްގައި ވަގުތުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާ" ކަމަށް އިޢުލާނުކޮށްފައި ވަނިކޮށެވެ. ޓްރަމްޕުގެ ސީޒްފަޔާ ބަޔާނުގައި ލުބުނާނުގެ ވާހަކަ ބަޔާންކޮށްފައެއް ނުވެއެވެ.
ބުދަ ދުވަހުގެ ހެނދުނު އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ ލުބުނާނުގެ ދެކުނުގެ ރައްޔިތުންނަށް ޒަހުރާނީ ކޯރުގެ އުތުރަށް ދިއުމަށް އަންގައިފައެވެ. ސީޒްފަޔާ އިޢުލާނު ކުރުމުގެ ގަޑިއެއް ކުރިން އިޒްރޭލުން ވަނީ ޞައިދާގެ ކެފޭތައް ކައިރީ ކާރަކަށް ބޮން އަޅައި އަށް މީހުން މަރާލައިފައެވެ. އަދި ޤާނާ އާއި އަލް-ޤުލައިލާ އަށް ޑްރޯން ހަމަލާ ދީ، ޓަޔާ އަށް ބޮޑެތި ވައިގެ ހަމަލާތައް ދީފައިވެއެވެ.
ގާތްގަނޑަކަށް ފަސް ހަފުތާ ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގައި 1،500 އަށް ވުރެ ގިނަ މީހުން މަރުވެ، 1.1 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް