ސިޔާސީ ޕާޓީއަކާ ގުޅެން ބޭނުންކަމަށްބުނެ ނަހުލާ ގެންދިޔުމުގެ ފުރުސަތު ޕާޓީތަކަށް އޭނާ ހުޅުވާލައްވައިފި

ހަތަރު އަހަރު ސިޔާސީ ޕާޓީއެއްގައި ނެތި މިނިވަން މެންބަރެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުގައި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ފަހު، ސިޔާސީ ޕާޓީއަކާ ގުޅިގެން ޚިދުމަތްކުރައްވަން ނިންމަވައިފައިވާ ކަ...

08 Apr 2026 | 05:05
N/A

N/A

ހަތަރު އަހަރު ސިޔާސީ ޕާޓީއެއްގައި ނެތި މިނިވަން މެންބަރެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުގައި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ފަހު، ސިޔާސީ ޕާޓީއަކާ ގުޅިގެން ޚިދުމަތްކުރައްވަން ނިންމަވައިފައިވާ ކަމަށް ވިލިމާލެ ތަމްސީލުކުރައްވާ ކައުންސިލް މެންބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ނަހުލާ އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ އިޚުލާސްތެރި މަސައްކަތް ބަލައިގަންނާނެ ޕާޓީއަކަށް އޭނާގެ އިޚުލާސްތެރި ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ވަކި ޕާޓީއެއްގެ ނަން ނަހުލާ ހާމަކުރައްވައިފައެއް ނުވެއެވެ.

ހަފުތާ ބަންދުގައި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ނަހުލާ ވާދަކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ. ނަމަވެސް އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވޭ ގޮތެއް ނުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް