ފީނަން ދިޔަ މީހަކު މަރުވެއްޖެ

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދައި، މޫދު އަޑިން ފެނުނުއިރު އެ މީހާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެ މީހާ ގެއްލިގެން މިއަދު ހެނދުނު 06:30 ހާއި...

08 Apr 2026 | 04:58
N/A

N/A

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދައި، މޫދު އަޑިން ފެނުނުއިރު އެ މީހާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މީހާ ގެއްލިގެން މިއަދު ހެނދުނު 06:30 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ވިލިމާލެ ޕޮލިހާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން ހެނދުނު 06:55 ހާއިރު އެ މީހާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ.

އެ މީހާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް