މާލޭގައި އިއްޔެ ހިނގި އެކްސިޑެންޓެއް - ފޮޓޯ: ދުވަސް
ރަމަޟާން މަހުގެ ދެވަނަ ހަފުތާގައި މާލެ ސަރަޙައްދުގައި ހިނގި ޓްރެފިކް އެކްސިޑެންޓްތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 1446 ވަނަ އަހަރާއި 1447 ވަނަ އަހަރުވެސް އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގައެވެ.
ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލައިލާއިރު 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ދެވަނަ ހަފުތާ (8 - 14 މާރިޗު 2025) ގައި ފޭސް 1 ގައި 37 އެކްސިޑެންޓް ހިނގާފައިވާ އިރު، 1447 ވަނަ އަހަރުގެ ހަމަ އެ މުއްދަތުގައި (25 ފެބްރުއަރީ - 3 މާރިޗު 2026) އެ ސަރަޙައްދުގައި 35 އެކްސިޑެންޓް ހިނގާފައިވެއެވެ.
މި ދެ އަހަރުގެ ތަފާސްހިސާބުތަކުން ދައްކަނީ ގާތްގަނޑަކަށް އެއް ޕެޓާނެއްކަން ފުލުހުން ފާހަގަކުރެއެވެ.
މީގެ އިތުރުން ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގުގައިވެސް ފާހަގަކޮށްލެވޭ މިންވަރަކަށް އެކްސިޑެންޓް ހިނގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް އަމީނީ މަގު، ސިނަމާލެ ބްރިޖް އެންޑް ހައިވޭ، ފޭސް 2، އަދި ލޯކަލް މާރުކޭޓް (ބޮޑުތަކުރުފާނު މަގު) ސަރަޙައްދުގައި ހިނގާފައިވާ އެކްސިޑެންޓްތައް ނިސްބަތުން މަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް