N/A
ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރު އޮފީސްތައް ބަންދުވި ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އައިޑީ ކާޑުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބުނެފިއެވެ.
އެ ޑިޕާޓްމަންޓުން ބުނީ މާޗު 11، 15، 17 އަދި 19 ވަނަ ދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށް އައިޑީ ކާޑުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ތަންތަނަކީ ވެލާނާގެ 4 ވަނަ ފަންގިފިލާ (ހެޑް އޮފީސް)، ވިލިމާލެ ބްރާންޗް، ޢުމަރު ޒާހިރު ބިލްޑިންގުގެ ގްރައުންޑް ފްލޯ އަދި ވިނަރެސް ޓަވަރު 2 ގެ ފުރަތަމަ ފަންގިފިލާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް