ޤައިދީންނާއި ކަރެކްޝަނަލް އޮފިސަރުން ޖަހާފަހުރި ޑެސްކު / ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ކ. ހިންމަފުށީގައި ހުންނަ
އައްސޭރި ޖަލުން، ދިރާސީ އައު އަހަރަށް އަމާޒުކޮށް، ހިންމަފުށީ ސްކޫލަށް 130
ޑެސްކް ޖަހައިދީފިއެވެ.
މި ޑެސްކްތައް ޖަހައިފައިވަނީ އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުންނެވެ.
މިއީ އިޖްތިމާޢީ ގޮތުން އެހީތެރިވެދިނުމަށް ހިލޭކޮށްދެވިފައިވާ
މަސައްކަތެކެވެ. އަދި މި މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި
ފޯރުކޮށްދީފައިވަނީ ކ. ހިންމަފުށީ ސުކޫލުންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
އިން ވަނީ މަޢުލޫމާތު ދީފައެވެ.
މިފަދަ މަސައްކަތްތަކުން ޤައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް،
އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީވެގެން ދާނެކަމަށް ކަރެކްޝަންސް އިން ގަބޫލުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް