N/A
އައްޑޫ ސިޓީ، ފޭދޫން އަންހެނަކު ގެއްލިގެން ފުލުހުންނަށް
ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް
ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ، ޙައްވާ
ރާއިދާ މުނީރު (19އ) އެވެ.
ފުލުހުން ބުނެފައިވާގޮތުގައި ޙައްވާ ރާއިދާ މުނީރު ހޯދަމުންދަނީ
2026 ޖެނުއަރީ 08 ވަނަ ދުވަހުގެ މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ
ކަމަށް 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ 14:52 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ
ގުޅިގެންނެވެ.
"އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ
ގުޅިގެން، ކަމާބެހޭ އެންމެހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް
ވަނީ ފަށާފައި، ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް
ނުވަތަ އުޅޭތަނެއް ދެނެގަނެވިފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.
ޙައްވާ ރާއިދާ މުނީރާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ
އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުން
ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް