އިންތިޚާބު 26: ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު ތިން ލައްކައާ ދާދި ގާތުގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ވޯޓާސް ލިޓް ހާމަކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ. މިކަން ހާމަކޮށް އިލެކްޝަންސް އިން ރޭގައި ބ...

08 Jan 2026 | 06:07
N/A

N/A

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ

ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ވޯޓާސް ލިޓް ހާމަކޮށް ޝަކުވާއަށް

ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އިލެކްޝަންސް އިން ރޭގައި

ބުނެފައިވަނީ މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ

ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ

އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް އިއްޔެ ހުޅުވާލާފައިވާކަމަށެވެ.

"ދިވެހިސަރުކާރުގެ ގެޒެޓު

އަދި މި ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، (VR space IDNO

Send to 1414) އެސް.އެމް.އެސް ކޮށްގެން ރަޖިސްޓަރީ

ޗެކްކުރެވޭނެ، ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، މި

ކޮމިޝަނުގެ މައިޕޯޓަލް (my.elections.gov.mv)  މެދުވެރިކޮށް،  2026 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ

މެންދުރުފަހު 03:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ" އީސީއިން ބުނެފައިވެއެވެ.

މި މުއްދަތުގައި ރަޖިސްޓަރީ ޞައްޙަކުރުމަށްޓަކައި

ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ

ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި އެގޮތުން ރަޖިސްޓަރީއަށް މީހަކު

އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި

ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން

ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށާއި އަދި ސިޔާސީ

ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ،

ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމުގައި ކޮމިޝަނުން ބުނެފައިވެއެވެ.

އާންމުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ

އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026

ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 294,937 މީހުންނަށެވެ.

އޭގެތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް