N/A
ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1,830,000 (އެއް މިލިއަން އަށްލައްކަ ތިރީސްހާސް)
ސިނގިރޭޓް ސްޓިކްސް ނައްތާލައިފިއެވެ.
ކަސްޓަމްސް އިން ބުނެފައިވާގޮތުގައި މިތަކެއްޗަކީ ކަނޑުމަގުން
ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް ސ.ހިތަދޫ ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ
ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ޕޯޓުން އަތުލައިގަނެފައިވާ ސިނގިރޭޓް ޝިޕްމަންޓެކެވެ.
"މި ސިނގިރޭޓްތައް ނައްތާލާފައިވަނީ 2025 ޑިސެންބަރު
7 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޕޯޓް ލިމިޓަޑް ސަރަޙައްދުގައެވެ. މި ތަކެއްޗަކީ،
ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާ
އަދި ގަވާއިދު ނަންބަރު R21/2025 (ދުންފަތް ކޮންޓްރޯލްކުރުމާގުޅޭ ޢާއްމު
ގަވާއިދު)ގެ 50،51 އަދި 54 ވަނަ މާއްދާ އާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް
އަތުލެވިފައިވާ ތަކެތި" ކަސްޓަމްސް އިން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީމި މައްސަލަ މިހާރު ދަނީ ޤާނޫނު
ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނު)ގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުން
ކަސްޓަމްސުން އިތުރަށް ތަޙުޤީޤުކުރަމުން ކަމަށެވެ.
އެ ސިނގިރޭޓުތައް އަންދާލުމުގެ ކުރިއަށް ކުޑަ
މޭޒެއްގައި ކަރަންޓު ކީހެއް ހަރުކޮށް ސިނގިރޭޓު ކާޓަންތައް ކީހާ ބުރިބުރިކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް