ހިސޯރު ދޫކޮށްލަން އެއްބަސްނަމަ ހަތިޔާރު ދޫކޮށްލަން އެއްބަސް: ހަމާސް

އިސްރާއީލު ސިފައިން ޣައްޒާއިން އެކުގައި ފައިބާނަމަ ހަތިޔާރު ދޫކޮށްލަން އެއްބަސްކަމުގައި ހަމާސް ޖަމާޢަތުން ބުނެފިއެވެ. އެ ޖަމާޢަތުން މިހެން ބުނެފައިވަނީ ސުލްހައިގެ މަޝްވަރާތަކުގައި އިސް ވެރިއެއްގެ ގޮތު...

07 Dec 2025 | 00:29
N/A

N/A

އިސްރާއީލު ސިފައިން ޣައްޒާއިން އެކުގައި

ފައިބާނަމަ ހަތިޔާރު ދޫކޮށްލަން އެއްބަސްކަމުގައި ހަމާސް ޖަމާޢަތުން ބުނެފިއެވެ.

އެ ޖަމާޢަތުން މިހެން ބުނެފައިވަނީ ސުލްހައިގެ

މަޝްވަރާތަކުގައި އިސް ވެރިއެއްގެ ގޮތުގައި ހުންނެވި އަދި ހަމާސްގެ ޢައްޒާ ގޮފީގެ

މިހާރުގެ ވެރިޔާ ޚަލީލް އަލް ހައްޔާއެވެ.

އޭނާ މިހެން ބުނެފައިވަނީ އޭނާ ނެރުނު ކުރު

ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ސުލްހަ

ބަލަހައްޓާ ފައުޖެއް ޣައްޒާގައި ގާއިމުކުރުމާއިވެސް އެ ޖަމާޢަތުން ދެކޮޅު ނޫން

ކަމަށާއި ނަމަވެސް ފައުޖުގެ މަސައްކަތަކަށް ވާންވާނީ ބޯޑަރު ބެލެހެއްޓުމާއި ސުލްޙަ

ކަށަވަރުކުރުން ކަމަށެވެ. ހަމާސްގެ ހަތިޔާރާއި ބާރު އަތުލުމުގައި އެ ފައުޖުގެ

ދައުރެއް އޮވެގެން ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ އިސްރާއީލު ފައުޖުތައް އެކުގައިހެން

ޣައްޒާއިން ފައިބާ ހިސޯރު އެކުގައި ނައްތާލައިފިނަމަ ފަލަޞްޠީނުގެ ދަޢުލަތާ

ހަތިޔާރު ހަވާލުކުރަން ތައްޔާރު ކަމަށެވެ.

ހައްޔާ މިހެން ވިދާޅުވެފައިވާއިރު އެމެރިކާގެ

ރައީސް ޑޮނާލްޑް ޓްރަމްޕް އެކުލަވައިލާފައިވާ ސުލްހައިގެ މަގުޗާޓު މިހާރު އޮތީ

ގާތްގަނޑަކަށް ދެވަނަ މަރުޙަލާ ފަށާ ހިސާބުގައެވެ. ދެވަނަ މަރުޙަލާގައި އިސްރާއީލު

ފައުޖުތައް ޣައްޒާއިން ފޭބުމާއި ހަމާސް އިން ހަތިޔާރާއި ބާރު ދޫކޮށްލުން

ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް