ޤަތަރުގެ ބޮޑުވަޒީރު - ފޮޓޯ: އިބްރާހީމް އަބޫ މޫސާ / ރޮއިޓާސް
ޢައްޒާ މަސްރަޙްގައި ސުލްޙަ ގާއިމުވުން އޮތީ ނާޒުކު
ފައްތަރެއްގައި ކަމުގައި ޤަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަހްމާން
އަލް ޠާނީ ވިދާޅުވެއްޖެއްޖެއެވެ.
ޤަތަރުގެ ބޮޑުވަޒީރު މިހެން ވިދާޅުވީ މިހާރު
ކުރިއަށްދާ ދޯހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ޣައްޒާގައި ގާއިމުކުރެވިފައިވަނީ
ސުލްޙައެއްކަމަށް އަދި ނިންމޭނެ ގޮތެއް ނެތެވެ. އެއީ ވަގުތީ ހުއްޓުމެއްކަން ފާހަގަކުރައްވަމުން
ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެކުލަވާލާފައިވާ ސުލްޙައިގެ
މަގުޗާޓުގެ ދެވަނަ މަރުޙަލާއެއް ފެށުމާ ގާތްވެފައިވާއިރު އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް
އެބަހުރި ކަމަށެވެ.
"ޣައްޒާގެ ރައްޔިތުންނަށް ޣައްޒާ އަށް ވަދެ
ނިކުމެވޭގޮތް ނުވާހާ ހިނދަކު، ޣައްޒާގެ ބިމުން އިސްރާއީލު ފައުޖުތައް ނުފައިބާހާ
ހިނދަކު އެއީ ސުލްޙަ ޤާއިމުވުން ކަމަށް ނުބެލެވޭނެ" ޤަތަރުގެ ބޮޑުވަޒީރު
އިއްޔެ ވިދާޅުވިއެވެ.
ޓްރަމްޕްގެ މަގުޗާޓުގެ ދަށުން މި އަހަރުގެ
އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހަމަލަތައް ވަރުގަދަޔަށް ބަދަލުކުރުން މެދުކަނޑައިލިނަމަވެސް
އެއަށްފަހު މި ވީ ދެ މަހެއްހާ ދުވަސްތެރޭގައިވެސް ފަލަޞްޠީނުން 360 މީހަކު
ސަހީދުކޮށްލާފައިވެއެވެ.
ސުލްހައިގެ އެ މަގުޗާޓުގެ ފުރަތަމަ މަރުޙަލާގައި
އޮތީ އަސީރުންގެ ހަށިތައް އިސްރާއީލާއި ހަވާލުކުރުމާއި ބަދަލުގައި އިސްރާއީލުން އެ
ޤައުމުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ހައްޔަރީން މިނިވަން ކުރުމެވެ. އަދާހަމައަށް
ބަލައިލާއިރު ހަވާލުނުކުރެވި ވަނީ އެންމެ އަސީރެއްގެ ހަށިގަނޑެވެ. އެހެންކަމުން ސުލްހައިގެ
މަގުޗާޓުގެ ދެވަނަ މަރުޙަލާއަކަށް މަގުކޮށުން އޮތީ ގާތުގައެވެ. ނަމަވެސް ދޯހާ
ފޯރަމްގައި އަރަބި ލީޑަރުން ފާހަގަކުރަމުން އަންނަނީ އެކަމަށް ހުރި
ގޮންޖެހުންތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް