މަންޒަރު ސިފަކޮށްދިނުމަށް އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް -
މަސްތުވާތަކެތީގެ މައްސަލައެއްގައި މިޞްރު އާދަމް ޙަސަންފުޅު
ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން ފެންނަގޮތުގައި
މާލެ، ދަފްތަރު ނަންބަރު ދރ 070، އުމުރުން 45 އަހަރުގެ މިޞްރު އާދަމް ޙަސަންފުޅުގެ
ކަނައަތު މުށުތެރެއިން ހަތަރު ރަބަރު ޕެކެޓު ފެނިފައިވާއިރު އެތަކެތީގެ ބަރުދަން ޓްރެފިކިންގ
މިންގަނޑަށް ނާރާކަމަށް އައި.އޯ ފާހަގަކޮށްފައިވެއެވެ.
އޭނާއަކީ ބޭނުންކުރާ މީހެއް ކަމަށާއި، އެތަކެތި
އޭނާ އަތުން ފެނިފައިވާކަމަށާއި އަދި ހަމަ އެހެންމެ ފަރުވާ ބޭނުންވާކަމަށް އޭނާ
ބުނެފައިވާކަމަށް ބަންދު އަމުރުން އެނގެއެވެ.
އޭނާގެ ބަންދަށް ފަސް ދުވަހުގެ ބަންދު މުއްދަތެއް ޖަހާފައިވާއިރު
އޭނާއަކީ އެ ބާވަތުގެ ހައްޔަރާއި ބަންދު ލޮގް އޮތް ފަރާތަކަށް ވުމުން ބަންދުން
ދޫކޮށްލައިފިނަމަ، ކުށް ތަކުރާރުވުމުގެ އިޙުތިމާލު އޮތްކަމަށް ބެލެވޭކަމުގައިވެސް
ބަންދު އަމުރުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް