ފުންވަޅުގޭގައި އަލިފާން ރޯވެ ލިބުނު ގެއްލުންތަކަށް ދައުލަތުން މިހާތަނަށް 95،000 ރުފިޔާ ހަރަދުކޮށްފި

ގ. ފުންފަޅު ގޭގައި ހިނ އަލިފާނުގެ ހާދިސާގައި 109 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑީޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. އެގޭގައި އަލިފާނުގެ ހާދިސާ ހިނގީ...

07 Jul 2026 | 08:27
ފުންވަޅުގެއަށް ލިބިފައިވާ ގެއްލުންތައް -- ފޮޓޯ އެންޑީއެމްއޭ

ފުންވަޅުގެއަށް ލިބިފައިވާ ގެއްލުންތައް -- ފޮޓޯ އެންޑީއެމްއޭ

ގ. ފުންފަޅު ގޭގައި ހިނ އަލިފާނުގެ ހާދިސާގައި 109 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑީޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެގޭގައި އަލިފާނުގެ ހާދިސާ ހިނގީ މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ. އެ ހާދިސާގައި އެގޭގެ އެކި އެޕާޓްމެންޓުތަކުގައި ދިރިއުޅުނު 109 އެހީގެ ގޮތުގައި ފޯރުކޮށްދީފައިވަނީ ކެއިން ބުއިމުގެ އިންތިޒާމާއި ބޯހިޔާވަހި ކަމެވެ.

މި ހާދިސާގައި އެ އިމާރާތުގައި ހުރި 22 އެޕާޓްމެންޓަށް އެކި ގެއްލުންތައް ލިބިފައިވެ އެވެ. ހާއްސަކޮށް އެ އިމާރާތަށް ފެން ފޯރުކޮށްދޭ ނިޒާމު އަލިފާނުގެ ހާދިސާގައި ހަލާކުވެފައިވެ އެވެ.

އެންޑީއެމްއޭއިން ބުނީ އެ ޕާޓްމެންޓުތަކުގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދިން ކަމަށެވެ. މީގެ އިތުރުން އަލިފާން ރޯވި 5 ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓް (5އޭ 5ބީ އަދި 5ސީ) ގައި ދިރިއުޅޭ 16 މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މި ހާދިސާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުން

މިހާތަނަށް 95000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް