ހުޅުމާލޭ ޕޭވްމަންޓްތަކުގައި ވެހިކަލް ޕާކް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ހުޅުމާލޭގެ ޕޭވްމަންޓްތަކުގައި ވެހިކަލް ޕާކު ކުރުން ހުއްޓާލަން ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ބުނީ ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްޞަކޮށްފައިވާ ޕޭވްމަންޓްތަކުގައި އުޅަ...

07 Jul 2026 | 04:17
ހުޅުމާލޭ ޕޭވްމަންޓެއްގެ ދެފަރަާޓުގައި ސައިކަލްތައް ޕާކުކޮށްފައި -- ފޮޓޯ: ޕޮލިސް

ހުޅުމާލޭ ޕޭވްމަންޓެއްގެ ދެފަރަާޓުގައި ސައިކަލްތައް ޕާކުކޮށްފައި -- ފޮޓޯ: ޕޮލިސް

ހުޅުމާލޭގެ ޕޭވްމަންޓްތަކުގައި ވެހިކަލް ޕާކު ކުރުން ހުއްޓާލަން ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްޞަކޮށްފައިވާ ޕޭވްމަންޓްތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޕޭވްމަންޓްތަކުގައި ޕާކުކުރުމުގެ އިތުރުން މަގުތަކުގެ ދެ ފަޅީގައި ޕާކުކޮށް ދަތުރުފަތުރަށް ދަތިވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައި އެވެ. އަދި ފްލެޓް އިމާރާތްތަކުގެ ދެމެދުގައި މީހުން ހިނގަން ޚާއްޞަކޮށްފައި އޮންނަ މަގުތަކުގައި ވެހިކަލް ދުއްވައި ޕާކުކުރުން ވެސް ވަނީ އާންމު ކަމަކަށް ވެފައެވެ.

ފުލުހުން ބުނީ ހިނގާ މީހުންނަށާއި މަގު ބޭނުންކުރާ މީހުންނަށް އުނދަގޫވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ބައެއް ފަހަރު ފުލުހުން ޓޯ ކުރި ނަމަވެސް މައްސަލައިގައި އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ބުނާ ގޮތުން ފައިމަގުގައި ހިނގުމަށް ޚާއްޞަ ޕޭވްމަންޓްތަކުގައި ދުއްވޭނީ ވަކި ބާވަތްތަކެއްގެ އެއްޗިއްސެވެ.

ކުޑަކުދިންގެ ޕްރޭމާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑި ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ މަނާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް