ފީއަލީ ބަނދަރުގައި ރޯވި އަލިފާނުގައި ފިހުނު ބިދޭސީ މީހާ ނިޔާވެއްޖެ

މި އަހަރުގެ އެޕްރީލް ނުވައެއްގައި ފ. ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި ރޯވި އަލިފާނުގެ ހާދިސާގައި އަނިޔާވި ބިދޭސީ މީހާ، ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އ...

07 May 2026 | 06:27
N/A

N/A

މި އަހަރުގެ އެޕްރީލް ނުވައެއްގައި ފ. ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި ރޯވި އަލިފާނުގެ ހާދިސާގައި އަނިޔާވި ބިދޭސީ މީހާ، ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މީހާ ނިޔާވީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު މި މަހުގެ ފަސް ވަނަ ދުވަހު އެ މީހާގެ ޤައުމަށް ފޮނުވާލައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެޕްރީލް ނުވައެއްގައި ހިނގި އެ ހާދިސާގައި ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ފެތުރި، ރަށުގެ އައިސް ޕްލާންޓާއި ތެޔޮ ޝެޑާއި އިތުރު ތިން ބޯޓެއް ވެސް އެނދިއެވެ. އެ ތެޔޮ ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝް ރައްޔިތެއްގެ ހަށިގަނޑު ބޮޑު ބައެއް ފިހުނެވެ. އެ މީހާ ފުރަތަމަ ގެންދިޔައީ ފީއަލީ ސިއްޙީ މަރުކަޒަށެވެ.

ފީއަލީ ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ހާދިސާގައި ލިބުނު ގެއްލުމުގެ އަގު 20 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރައެވެ. އަލިފާނުގައި އެނދި އައިސް ޕްލާންޓަކީ މިދިޔަ އަހަރު ހުޅުވި 25 ޓަނުގެ ޕްލާންޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް