N/A
މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮއްވާ ފެނުނު ބިދޭސީ ފިރިހެން މީހާ ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އެ މީހާ ހަބަރު ހުސްވެފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ ރޭ އިރުއޮއްސި 18:18 ހާއިރު ކަމަށެވެ. އެ މީހާ ވަނީ ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފައެވެ. ނަމަވެސް ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި އެ މީހާ ވަނީ ނިޔާވެފައެވެ.
ނިޔާވީ އިންޑިއާ އަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެ މީހާ ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް ނުވަތަ ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް