އެމްޑީޕީގެ ލީގަލް ޑިރެކްޓަރާއި ޗެއާޕާސަންގެ ނާއިބު މަގާމުން ވަކިކޮށްފި

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފާއި ޗެއާޕާސަންގެ ނާއިބު (އިދާރީ) އިބްރާހިމް ވަހީދު މިއަދު މަގާމުން ވަކިކޮށްފިއެވެ. މި ދެ ބޭފުޅުން ވެސް މަގާމުން ވަކިކުރީ އެމްޑީޕީގެ ޗެއާޕާސަން ޢަބްދުލްޣަފޫ...

07 Apr 2026 | 15:59
N/A

N/A

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފާއި ޗެއާޕާސަންގެ ނާއިބު (އިދާރީ) އިބްރާހިމް ވަހީދު މިއަދު މަގާމުން ވަކިކޮށްފިއެވެ.

މި ދެ ބޭފުޅުން ވެސް މަގާމުން ވަކިކުރީ އެމްޑީޕީގެ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ ސޮއިކޮށް ފޮނުއްވި ސިޓީއަކުންނެވެ. މައުރޫފަށް ފޮނުއްވި ސިޓީގައި މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ، އޭނާގެ ޚިދުމަތަށް ޝުކުރު އަދާކޮށްފައިވެއެވެ. އިބްރާހިމް ވަހީދު ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީއެވެ. އެ ސިޓީގައި ބުނެފައިވަނީ ޗެއާޕާސަންގެ ނާއިބަކު ވަކިކުރާ ހާލަތުގައި ޤައުމީ މަޖިލީހުގެ ރުހުން އޮންނަން ޖެހޭ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

މި ދެ ބޭފުޅުން ވަކިކުރީ އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެފައި ވަނިކޮށެވެ. ރޭ ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޒް އިސްމާއީލަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން، ޕާޓީގެ މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބައެއް އިސް ބޭފުޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް