އައު ސީޕީ، ޗީފް އޮފް ޑިފެންސާއެކު - ފޮޓޯ: ޕޮލިސް
ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)ގެ މަޤާމާ އައު ކޮށް ހަވާލުވެވަޑައިގެންނެވި އަޙްމަދު މުޙައްމަދު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒުގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ، ސީޕީގެ މަޤާމާ އަޙްމަދު މުޙައްމަދު ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަޢާރަފުވެވަޑައިގަތުމަށާއި ދެ މުއައްސަސާގެ ގުޅުން ބަދަހިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް