ރާއްޖެއަށް ދެ ކިލޯއެއްހާ މަސްތުވާތަކެތި އެތެރެކުރާން އުޅުނު އިންޑިއާ ދެ ކަނބަލަކު ހައްޔަރު

ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރާން އުޅުނު އިންޑިއާއަށް ނިސްބަތްވާ ދެ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގަ...

07 Apr 2026 | 05:37
އެ ދެ ކަނބަލުން - ފޮޓޯ: ޕޮލިސް

އެ ދެ ކަނބަލުން - ފޮޓޯ: ޕޮލިސް

ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރާން އުޅުނު އިންޑިއާއަށް ނިސްބަތްވާ ދެ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ޖެނިފަރ ޕައުލް އާއި 23 އަހަރުގެ އުލްފަތު ރަސޫލް އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ އެޕްރީލް މަހުގެ އެއް ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި ދެ މީހުންނަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް