ރައްޔިތުންނަށް އުފާ ފާގަތިކަން އެދެމުން މޫސާ ޖަލީލްގެ ޝުކުރު ރައީސް މުޢިއްޒަށް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރެއްވި މޫސާ ޢަލީ ޖަލީލް، ވޯޓުދެއްވި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި ...

07 Apr 2026 | 00:16
N/A

N/A

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރެއްވި މޫސާ ޢަލީ ޖަލީލް، ވޯޓުދެއްވި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި ބަޔާނެއް ނެރުއްވައިފިއެވެ.

މޫސާ ޢަލީ ޖަލީލް ނެރުއްވި ބަޔާނުގައި، މޭޔަރުކަމަށް ވާދަކުރުމުގެ ފުރުޞަތު ދެއްވީތީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ޕާޓީގެ ލީޑަޝިޕަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި އިންތިޚާބުގައި ވޯޓު ދެއްވި ރައްޔިތުން ކުރެއްވި އިތުބާރު އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާން ބަހައްޓާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މޫސާ ޢަލީ ޖަލީލް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލެ ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އާދަމް އާޒިމެވެ. އާޒިމަށް 13،905 ވޯޓު ލިބިވަޑައިގެންފައިވާއިރު، މޫސާ ޢަލީ ޖަލީލަށް ލިބިވަޑައިގެންނެވީ 9،377 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް