ލަންކާ ކައިރީގައި ހުރި ކޮޅިގަނޑު "ޑިޕްރެޝަން" އަކަށް ބަދަލުވެއްޖެ

ސްރީ ލަންކާގެ ކައިރިން ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑުގެ ބާރު ގަދަވެ "ޑިޕްރެޝަން" އަކަށް ބަދަލުވެއްޖެއެވެ. އިންޑިއާގައި ގާއިމުކޮށްފައި ހުންނަ މޫސުމާއިބެހޭ ސަރަހައްދީ އިދާރާއިން ލަފާކޮށްފައިވާގޮތުގައ...

07 Jan 2026 | 13:56
N/A

N/A

ސްރީ ލަންކާގެ ކައިރިން ބަންގާޅު ކަނޑުގައި ހުރި

ކޮޅިގަނޑުގެ ބާރު ގަދަވެ "ޑިޕްރެޝަން" އަކަށް ބަދަލުވެއްޖެއެވެ.

އިންޑިއާގައި ގާއިމުކޮށްފައި ހުންނަ މޫސުމާއިބެހޭ

ސަރަހައްދީ އިދާރާއިން ލަފާކޮށްފައިވާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު މި

ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ "ޑީޕް ޑިޕްރެޝަން" އަކަށް

ބަދަލުވާނެއެވެ.

ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެކަމަށް އަދި

ލަފާކޮށްފައެއް ނުވެއެވެ. ނަމަވެސް އެފަދަ ހާލަތެއް އަތުވެއްޖެނަމަ އޭރަށް ވާނީ ބަންގާޅު

ކަނޑުގައި މި އަހަރު އުފެދޭ އެންމެ ފުރަތަމަ ތޫފާނަށެވެ. ތޫފާނަށް ދޭނެ ނަމަކީ

ތޫފާން "އަރްނަބް" އެވެ. މި ނަމަކީ ބަންގްލަދޭޝް އިން ދޭ ނަމެކެވެ.

އެންމެ ފަހުން ބަންގާޅު ކަނޑުގައި އުފެދުނު

ތޫފާނަކީ، ތޫފާން "ދިތުވާ" އެވެ. އެ ތޫފާން ލަންކާއަށް އެރިއެވެ.

ލަންކާއިން 700 އެއްހާ މީހުން މަރުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް