ގިނަ އަދަދެއްގެ ވޭޕު ސާމާނާއި ފޭސްބުކް ޕޭޖެއް ފުލުހުންގެ ބެލުމުގެ ދަށަށް – ޖޫރިމަނާ ކުރި

ވޭޕާއި ގުޅޭ އޮޕަރޭޝަނެއް އިއްޔެ ކުރިއަށްގެންދިޔަކަން ފުލުހުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު ބުނެފައިވަނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށ...

06 Dec 2025 | 16:17
N/A

N/A

ވޭޕާއި ގުޅޭ އޮޕަރޭޝަނެއް އިއްޔެ ކުރިއަށްގެންދިޔަކަން

ފުލުހުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން މިއަދު ބުނެފައިވަނީ ރާއްޖެއަށް

އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ

ގުޅިގެން އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ

ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށްފައިވާކަމަށެވެ.

"ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި

ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވޭ އަދި ބަލައިފާސްކުރި ދެގޭގެ ތެރެއިން

އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވޭ، މީގެއިތުރުން

މިމައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް

ވަނީ ގެނެސްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިމައްސަލައާ ގުޅިގެން

މީހަކު ޖޫރިމަނާކޮށްފައިވާކަމަށާއި ނަމަވެސް އަދި މައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ

ބެލުމުގެ ދަށަށް ގެނެސްފައިނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް