ފުޑްކޯޓުތަކުން 27 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

މާފަންނު ފުޑް ކޯޓުތަކުގައި އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގައި 27 ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ. އިމިގްރޭޝަނުން ބުނީ ފުޓް ކޯޓުތަކަކީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ވަރަށް ގ...

06 Jul 2026 | 16:33
ފޮޓޯ: އިމިގްރޭޝަން

ފޮޓޯ: އިމިގްރޭޝަން

މާފަންނު ފުޑް ކޯޓުތަކުގައި އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގައި 27 ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ފުޓް ކޯޓުތަކަކީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ވަރަށް ގިނައިން އުޅޭ ކަމަށް ފާހަގަކުރެވިފައިވާ ތަނެއް ކަމަށެވެ.

އެތަނަށް ހާއްސަކޮށް ރެއިޑް އޮޕަރޭޝަން ހިންގީ ރޭގައި އެވެ.

އެ އޮޕަރޭޝަނުގައި 88 ބިދޭސީއަކާ ސުވާލުކޮށް، ގަވާއިދާ ހިލާފަށް އުޅޭ 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. ބެލުމުގެ ދަށަށް ގެންދިޔަ އެންމެންނަކީ އެތަނުގެ ކެފޭ ރެސްޓޯރެންޓުތަކުގައި މަސައްކަތް ކުރާ މީހުންނެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި އަންހެނުންވެސް ހިމެނެ އެވެ. ފުޑް ކޯޓުގެ ހުރިހާ ކެފޭ ރެސްޓޯރެންޓުތަކެއްގައިހެން މަސައްކަތް ކުރަނީ ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް