އެމެރިކާގެ ޖަޒީރާ ރަށްތަކަށް ބާރުގަދަ ތޫފާން "ބާވީ" އަރައި، ނުރައްކާ ހާލަތެއްގައި

އެމެރިކާގެ ޖަޒީރާ ރަށްތަކަށް ތޫފާން "ބާވީ" އަރައި ބޮޑެތި ގެއްލުންތައް ވަމުން އެބަދެ އެވެ. ތޫފާން އަރާފައިވަނީ ހުޅަނގު ޕެސިފިކް ކަނޑުގައި އޮންނަ އެމެރިކާގެ ސަރަޙައްދީ ޖަޒީރާތައް ކަމަށްވާ ނޮދަން މެރީއާނ...

06 Jul 2026 | 09:11
އެމެރިކާގެ ޖަޒީރާ ރަށްތަކަށް ތޫފާން "ބާވީ" އަރައި ބޯކޮށް ވާރޭވެހެނީ --

އެމެރިކާގެ ޖަޒީރާ ރަށްތަކަށް ތޫފާން "ބާވީ" އަރައި ބޯކޮށް ވާރޭވެހެނީ --

އެމެރިކާގެ ޖަޒީރާ ރަށްތަކަށް ތޫފާން "ބާވީ" އަރައި ބޮޑެތި ގެއްލުންތައް ވަމުން އެބަދެ އެވެ.

ތޫފާން އަރާފައިވަނީ ހުޅަނގު ޕެސިފިކް ކަނޑުގައި އޮންނަ އެމެރިކާގެ ސަރަޙައްދީ ޖަޒީރާތައް ކަމަށްވާ ނޮދަން މެރީއާނާ އައިލެންޑްސް އަށެވެ. މި ތޫފާން ކެޓަގަރީކޮށްފައިވަނީ ފަސް ވަނަ ދަރަޖައިގަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއަދު ހެނދުނު އެ ސަރަހައްދުގެ ޖަޒީރާތަކަށް 150 މޭލު ބާރުމިނުގައި ވައިޖެހިފައިވެ އެވެ. މި ތޫފާން އަރާފައި އޮތް ވަގުތުތަކުގައި އެ ރަށްތަކަށް ގަޑިއަކު 241 މޭލު ބާރުމިނުގައި ވައިޖެހި ގެއްލުންވެފައިވެ އެވެ.

މި ތޫފާނުގައި ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާއިރު ޓަވަރެއް ވެއްޓުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފޯނުގެ ހިދުމަތް ވަނީ މެދުކެނޑިފައި އެވެ. އެމެރިކާގެ ނެޝަނަލް ވެދާ ސާވިސް އިން ބުނެފައިވާ ގޮތުގައި ފެން ބޮޑުވުމުގެ ސަބަބުން ހަފްތާއެއްހާ ދުވަހަށް އާންމުން ރައްކާތެރި ހިސާބުތަކުގައި ދިރިއުޅެން މަޖުބޫރު ވާނެ އެވެ.

ނޯދަން މެރީއާނާ އައިލެންޑްސް އާއި ގުއާމްގައި ގާތްގަނޑަކަށް 210,000 މީހުން ދިރިއުޅެ އެވެ.

މި ތުފާން ދަތުރުކުރަމުން މިހާރު ދަނީ ގަޑީއަކު 14 ކިލޯމީޓަރު ބާރުމިނުގައި ފިލޕީންސާ ދިމާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް