N/A
އެމް.ޑަބްލިއު.އެސް.ސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އިބްރާހީމް ޝާހިދު މިރޭ މަގާމުން ވަކިކޮށްފިއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ޑީއެމްޑީން އައްޔަންކޮށް ވަކިކުރަނީ އެ ކުންފުންޏެއްގެ ބޯޑުން ފާސްކޮށްގެންނެވެ. މިހާރު ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި ފެން ކުންފުނީގެ ބޯޑު މިރޭ ބާއްވައި، މިދިޔަ އަހަރުގެ އޮގަސްޓު މަހު އެ މަގާމަށް އައްޔަންކުރި ޝާހިދު ވަކިކޮށްފައިވާ ކަމަށް މަޢުލޫމާތު އެނގޭ ފަރާތަކުން "މިހާރު" އަށް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ވަކިކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ދައުލަތުގެ އެކި ކުންފުނިތަކުގެ އެމްޑީން މިއަދު ވަނީ ވަކިކޮށްފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނަޖާހު އާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ އެމްޑީ ޙުސައިންދީދީ ހިމެނެއެވެ. އަދި އެމް.ޕީ.އެލްގެ އެމްޑީ މުޙައްމަދު ރިޝްވާން ވަނީ ސަރުކާރުން އެންގުމުން މިރޭ އިސްތިއުފާ ދެއްވައިފައެވެ.
މި ބަދަލުތަކުގެ ތެރެއިން ވަކިކުރި ހަމައެކަނި ޑީއެމްޑީއަކީ އެމް.ޑަބްލިއު.އެސް.ސީގެ ޝާހިދެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިޞްލާޙުކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް