ޔޫއޭއީ ސަފީރު މުންދުއާ ޖެނީވާ މަންދޫބު ސަލްމާ މަގާމުން ވަކިކޮށްފި

ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނ...

06 Apr 2026 | 14:18
N/A

N/A

ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. މި ދެ ބޭފުޅުންނަކީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ޢާއިލީ ބޭފުޅުންނެވެ. މުންދުއަކީ އަސްމާގެ ދަރިފުޅެވެ. ސަލްމާއަކީ އަސްމާގެ ކޮއްކޮއެވެ.

މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައި މިވަނީ އަސްމާ ވާހަކަ ދައްކާ އަޑު އިވޭ އޯޑިއޯއެއް ޢާންމުވެފައި ވަނިކޮށެވެ.

މީގެ އިތުރުން ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްމާގެ އަންހެން ދަރިފުޅު އާމިނަތު ޙުސައިން ޝަރީފް މަގާމުން ވަކިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ހީނާ ވަނީ ދޮގުކުރައްވައިފައެވެ.

ސުރުޚީ ރަނގަޅުތޯ؟ ބަދަލެއް ބޭނުންތޯ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް