N/A
އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި
"މަހާސާގަރު" ތަޞައްވުރުގެ ދަށުން ހިންގާ އައިއޯއެސް ސާގަރު އިނީޝިއޭޓިވްގެ
ދަށުން ދަތުރުކުރާ އިންޑިއާގެ ހަނގުރާމަ މަނަވަރު އައިއެންއެސް ސުނައިނާ މިއަދު މާލެ
ބަނދަރުކޮށްފިއެވެ.
ސާރިޔޫ ކްލާހުގެ އޮފްޝޯ ޕެޓްރޯލް ވެސެލެއް ކަމަށްވާ މި މަނަވަރުގައި 16 ޤައުމެއްގެ ސިފައިން
ހިމެނޭ މަލްޓިނޭޝަނަލް ކޮންޓިންޖެންޓެއް ހަރަކާތްތެރިވެއެވެ. މާލެ ބަނދަރުކުރުމުން،
ދިވެހި ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ވަނީ ފުރިހަމަ އަސްކަރީ އިއްޒަތުގައި
މަނަވަރަށް މަރުޙަބާ ކިޔާފައެވެ.
މާލެ ބަނދަރުކުރުމުގެ ކުރިން، އައިއެންއެސް ސުނައިނާ
އާއި އެމްއެންޑީއެފް ކޯސްޓް ގާޑާ ގުޅިގެން ކަނޑުމަތީގެ ތަމްރީނުތަކެއް ވަނީ ހިންގާފައެވެ.
މި ތަމްރީނުތަކުގައި ޓެކްޓިކަލް ސްޓޭޝަން ކީޕިން، އެޑްވާންސް ސިގްނަލިން، ލައިޓް ހަތިޔާރު
ބޭނުންކުރުން، އަދި ގެއްލުން ކޮންޓްރޯލް ކުރުމާއި އަލިފާން ނިއްވުމުގެ ޑްރިލްތައް ހިމެނެއެވެ.
ތިން ދުވަހުގެ މި ދަތުރުގައި ކަނޑުމަތީ ސެކިއުރިޓީއާ
ގުޅޭ ސަބްޖެކްޓް މެޓާ އެކްސްޕާޓް އެކްސްޗޭންޖް (އެސްއެމްއީއީ) ބާއްވާނެ ކަމަށް އިންޑިއާގެ
ހައި ކޮމިޝަނުން ބުނެއެވެ. މިއީ 50 ދުވަހުގެ މި ޑިޕްލޮއިމެންޓުގައި މަނަވަރު ބައިނަލްއަޤުވާމީ
ފެންވަރުގައި ބަނދަރުކުރާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް