N/A
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުން ހ. ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދު ވަކިކޮށްފިއެވެ.
ނަޖާޙް މަޤާމުން ވަކިކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުގެ ނިންމުމަކުންނެވެ.
ފެނަކައިގެ އެމްޑީގެ މަޤާމަށް ނަޖާޙް އައްޔަނުކުރެއްވީ، އެ މަޤާމުގައި ކުރިން ހުންނެވި އިބްރާހީމް މުޢާޒް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުޢާޒް އިސްތިއުފާ ދެއްވީ ފެނަކައަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްނުދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާ ކަމަށް ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް