ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ މެހެމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ. ދަތުރުފުޅާ ގުޅޭ އެންމެހައި ކަންކަން ހަމަޖައްސަވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިއީ ރައީސްގެ ދެކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. ދެކަނބަލުން ފުރަތަމަ ޢުމްރާ އަދާކުރެއްވީ 2024 ވަނަ އަހަރުގެ މެއި މަހު، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ މެހެމާންދާރީގައެވެ. އޭގެ ފަހުން 2025 ވަނަ އަހަރުގެ ޖޫން މަހު ދެކަނބަލުން ވަނީ ޙައްޖުގެ އަޅުކަން ވެސް އަދާކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް