N/A
މާލޭ މަޖީދީ މަގުގައި ވަގުތީ މިސްކިތެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ދީލަތި އެހީ ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މީޑިއާއަށް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މި މިސްކިތުގެ ބިންގާ މި ރަމަޟާން މަހުގެ 27 ވިލޭރޭ އެޅުމަށް އެހީދެއްވާ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ރޯދަ މަސް ނިމުމުން ވަގުތީ މިސްކިތް ތަޅާލައި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް