N/A
މަސްތުވާތަކެއްޗާއެކު 18 އަހަރުގެ ދެ ޒުވާނަކު
ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ. އެ ދެ ޒުވާނުން
ހައްޔަރުކޮށްފައިވަނީ ދެ މައްސަލައެއްގައެވެ.
ކްރިމިނަލް ކޯޓުގެ ބުރާސްފަތި ދުވަހުގެ ބަންދު އަމުރުތަކަށް
ބަލާއިރު ހައްޔަރުކޮށްފައިވާ ދެ ޒުވާނުންނަކީ ފ. މަގޫދޫ، ޑޭޒީމާގޭ، އުމުރުން 18
އަހަރުގެ ޢަމާސް ބިން އިސްމާއީލާއި ނ. ލަންދޫ، ކަރަންކާ ލައިޓް، އުމުރުން 18 އަހަރުގެ،
މުޙައްމަދު އައިހަމް އިބްރާހީމެވެ.
މި ދެ ޒުވާނުންގެ ތެރެއިން ޢަމާސް ހައްޔަރުކޮށްފައިވަނީ
މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ
ތުހުމަތުގައެވެ.
ޢަމާސް ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް
ދީފައިވާއިރު އޭނާގެ ނަމުގައި ހިފާފައިވާ ދެ ކޮޓަރިއަކުން މަސްތުވާތަކެތި
ފެނިފައިވާކަމަށާއި އަދި އެ ދެ ކޮޓަރީގެ ތަޅުދަނޑި އޭނާގެ އަތުން ފެނުނު ކަމަށް ބަންދު
އަމުރުގައި ފުލުހުންނާއި ހަވާލާދީ ބުނެފައިވެއެވެ.
ދެވަނަ ޒުވާނާ ކަމުގައިވާ އައިހަމް
ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައެވެ. އޭނާއަކީ
ހައްޔަރު ބަންދުގެ އެއް ރެކޯޑު އޮތް ޒުވާނެއްކަންވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް