N/A
ލ. ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދެއްވި އައު
މިސްކިތް "ތުނޑީ ބަނދަރު މިސްކިތް" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ހުކުރު ނަމާދަށް މިސްކިތް ހުޅުވައިދެެއްވީ އިސްލާމީކަންތައްތަކާ
ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.
11މެއި 2023 ގައި ޢަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342 މީހުންގެ
ޖާގައިގެ މިސްކިތެކެވެ.
ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް
ހުޅުވުމަށް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް