އިންޑިއާގައި ގޫގުލްގެ މަސައްކަތްތައް ފުޅާކުރަނީ

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ގޫގުލްގެ މައި ކުންފުނި ކަމަށްވާ އަލްފަބެޓް އިން، އިންޑިއާގެ ބެންގަލޫރުން ބޮޑު އޮފީސް އިމާރާތެއް ކުއްޔަށް ހިފައިފިއެވެ. މިއީ އިންޑިއާގެ ހަލުވިކަމާއެކު ކުރިއަރަމުން...

06 Feb 2026 | 10:00
ހައިދަރުއާބާދުގައި ހުންނަ ގޫގަލް އޮފީހެއް -

ހައިދަރުއާބާދުގައި ހުންނަ ގޫގަލް އޮފީހެއް -

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ގޫގުލްގެ މައި

ކުންފުނި ކަމަށްވާ އަލްފަބެޓް އިން، އިންޑިއާގެ ބެންގަލޫރުން ބޮޑު އޮފީސް އިމާރާތެއް

ކުއްޔަށް ހިފައިފިއެވެ.

މިއީ އިންޑިއާގެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ

ޓެކް ސެކްޓަރުގައި އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެޅި ފިޔަވަޅެކެވެ.

އޮފީސް އިމާރާތެއް ކުއްޔަށް ހިފުމުގެ އިތުރުން، އިތުރު ދެ އިމާރާތެއްވެސް އަލްފަބެޓްއިން

ވަނީ ކުއްޔަށް ނަގާފައެވެ.

ބްލޫމްބާގް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި

މަޝްރޫޢުގެ ދަށުން ގޫގުލްއަށް ލިބޭ ޖުމްލަ 2.4 މިލިއަން އަކަފޫޓުގެ ޖާގައާއެކު، އިތުރު

ވިހި ހާހެއްހާ މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެއެވެ. މިއީ އިންޑިއާގައި މިހާރު

އެ ކުންފުނިން ހަރަކާތްތެރިވާ މިންވަރު ދެގުނައަށް އިތުރުވުމެކެވެ.

މިދިޔަ އޮކްޓޫބަރުވެސް މަހު ގޫގުލްއިން ވަނީ އިންޑިއާގެ

އަންދްރަޕްރަދޭޝްގައި އާޓިފިޝަލް އިންޓެލިޖެންސް ޑޭޓާ ސެންޓަރެއް އެޅުމަށް 5 އަހަރު

ދުވަހުގެ ތެރޭގައި 15 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެކަން އިއުލާންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް