މިއަދުގެ ހުކުރު ހުތުބާ ޚާއްޞަކޮށްފައިވަނީ ލޭ ހަދިޔާ ކުރުމުގެ މާތް ކަމުގެ މައްޗަށް

މިއަދުގެ ހުކުރު ހުތުބާ ލޭ ހަދިޔާ ކުރުމުގެ މާތް ކަމުގެ މައްޗަށް ހާއްސަކޮށްފިއެވެ. "ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް!" މި ނަމުގައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ ލޭ އަޅާން ބޭނުންވާ ޙާލަތްތަކުގައި، ބަލި ...

06 Feb 2026 | 08:47
ލޭ ހަދިޔާކުރުމަށް އެޗްޑީސީއިން މި ފަހުން ކުރިއަށްގެންދިޔަ "ބްލަޑް ޑޮނޭޝަން ޑްރައިވް"ގެ ތެރެއިން - ފޮޓޯ: އެޗްޑީސީ

ލޭ ހަދިޔާކުރުމަށް އެޗްޑީސީއިން މި ފަހުން ކުރިއަށްގެންދިޔަ "ބްލަޑް ޑޮނޭޝަން ޑްރައިވް"ގެ ތެރެއިން - ފޮޓޯ: އެޗްޑީސީ

މިއަދުގެ ހުކުރު ހުތުބާ ލޭ ހަދިޔާ ކުރުމުގެ މާތް ކަމުގެ

މައްޗަށް ހާއްސަކޮށްފިއެވެ.

"ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް!" މި ނަމުގައި މިއަދު ދިން

ހުކުރު ހުތުބާގައި ބުނީ ލޭ އަޅާން ބޭނުންވާ ޙާލަތްތަކުގައި، ބަލި މީހަކަށް އަޅާން ބޭނުންވާ

ލޭ ހަދިޔާކޮށްދިނުމަކީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން ފަދަ ކަމެއް ކަމަށެވެ.

ހުތުބާގައި ބުނީ ހެޔޮ ޢަމަލުކުރުމުގެ މަގުތައް ތަނަވަސްވެގެންވާ

ކަމަށާއި މާތް اللهގެ އަޅުތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި

މުދަލުން ހޭދަކުރުމާއި ޞަދަޤާތްކުރުމަކީ، ދަރުމަހުރި ކަންކަމަށެވެ.

އެންމެ ކުޑަމިނުން އުފާވެރި މޫނަކާއިގެން ބައްދަލުކޮށް،

ހެޔޮ ބަހެއް ބުނުމީ ވެސް ކުރެވޭ ޞަދަޤާތެއް ކަމަށާއި ބައެއް ހެޔޮ ޢަމަލުތަކުގެ ސަވާބު

އެތައް ގުނައަކަށް އިތުރުވާ ކަމަށެވެ.

އޭގެ ތެރޭގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އަމިއްލަ ހަށިގަނޑުގައި

ހުރި ލޭ ހަދިޔާކުރުން ހިމެނޭ ކަމަށާއި ތިމާއަށް ކޮށްލެވޭ މި ފަދަ ހޭދައެއްގެ ސަބަބުން

ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަޞީބު ލިބޭ ކަމަށެވެ.

"ތިމާގެ އަޚާގެ ބޭނުންތައް ފުއްދައި

ދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދައި ދެއްވުމުގައި الله ދެމިވޮޑިގެންވެއެވެ. ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުޞީބާތެއް

ދުރުކޮށްދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް  الله ދުރުކޮށްދެއްވާނެއެވެ." ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވާކަމަށް

ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ބަލި މީހެއްގެ ހަށިގަނޑަށް އަޅާން ބޭނުންވާ

ލޭ ހަދިޔާކުރުމަކީ އޭނާއަށް ދުނިޔޭގައި ދިރިހުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ޓަކައި

ކުރެވޭ ހެޔޮ ކަމަކަށްނޫނީ ނުވާނެ ކަމަށާއި ވީ އިރު އެއީ މަތިވެރި ސަވާބާއި ގިނަގުނަ

އަޖުރު ލިބޭނޭކަމެއް ކަމަށެވެ.

"މުސްލިމް އަޚުންނޭވެ! މިއަދު ދިވެހިރާއްޖޭގެ

ބުލަޑުބޭންކުތައް ވަނީ، ލޭހަދިޔާކުރާނެ މީހުންނަށް ބޭނުންވެފައެވެ. ތިޔައިން ބޭކަލަކު

ހަދިޔާކުރާ ލެއަކީ، މީހެއްގެ ފުރާނަސަލާމަތްވުމުގެ ސަބަބަކަށް ވެއްޖެ ނަމަ ލިބޭނޭ ސަވާބާއި

ދަރުމައާ މެދު ވިސްނައިލާށެވެ! " ހުތުބާފައި ބުނެފައި ވެއެވެ.

ހުތުބާގައި ވަނީ ޝަރުޢީ އަދި ޞިއްޙީ ހަމަތަކުގެ މަތީން

ލޭ ހަދިޔާކުރުމަށް ޝަރުޠުހަމަވާ އެންމެން ލޭ ހަދިޔާ ކުރުމަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް