މިދިޔަ އަހަރު ކުރިއަށްގެންދިޔަ "ނޫރުލް އަޛާން" މުބާރާތުގެ ތެރެއިން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން
ކުރިއަށްގެންދާ "ނޫރުލް އަޛާން" ބަންގި މުބާރާތުގައި ބައިވެރިވުމުގެ
ފުރުޞަތު ހުޅުވާލައި އެކަން އިޢުލާނުކޮށްފިއެވެ.
އެގޮތުން އެ މިނިސްޓްރީއިން ކައުންސިލުތަކަށް ފޮނުވި
ސާކިއުލަރ އެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް
ގެންދާ ބަންގި މުބާރާތް "ނޫރުލް އަޛާން 1447" މި ފެށޭ 2026 ވަނަ އަހަރު
ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާކަމަށާއި މި މުބާރާތް މިފަހަރު ރޭވިފައިވަނީ
ކޮންމެ އަތޮޅެއް ތަމްސީލުކުރާގޮތަށް ބައިވެރިއަކާއެކު ޖުމްލަ 19 އަތޮޅުން 19 ބައިވެރިންނާއެކު
ކުރިއަށް ގެންދާގޮތަށް ކަމަށެވެ.
"ވީމާ ބަންގި މުބާރާތް "ނޫރުލް އަޛާން
1447" އަތޮޅު އޮޑިޝަންގައި ތިރަށުގެ ފަރާތުން ބައިވެރިކުރައްވާނެ ބޭފުޅެއްގެ
މަޢުލޫމާތު 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި
މިނިސްޓްރީ އަށް ފޮނުއްވައި ދެއްވުން އެދެމެވެ." ކައުންސިލްތަކަށް ފޮނުވި
ސަރިކިއުލާގައި ބުނެފައިވެއެވެ.
"ނޫރުލް އަޛާން" މުބާރާތް މިދިޔަ
އަހަރުވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އެއްވަނަ ހާސިލުކުރީ
ސުލައިމާން މުޙައްމަދު ލަޠީފެވެ. އެ މުބާރާތުގެ ދެވަނަ ޙަމްޒާ ބިން ހަސަން
ހާސިލުކުރި އިރު، ތިންވަނަ އަކީ މުޙައްމަދު ހަނޫން ހުސައިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް