އެޗްއާރްސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަންކުރުމަށް ރުހުން ދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް ކަމަށް ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަ...

06 Jan 2026 | 07:16
ޑރ. ރަމީލާ ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ޑރ. ރަމީލާ ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)

ގެ ރައީސް ކަމަށް ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން

ރުހުން ދީފިއެވެ.

މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ

މިނިސްޓަރުކަންވެސް އަދާކުރެއްވި ރަމީލާ އެޗްއާރްސީއެމްގެ ރައީސްކަމަށް

އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ ދައުރުން ބޭރުން މަޖިލީހުން މިއަދު

ބޭއްވި ޖަލްސާގައެވެ.

ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 38

މެންބަރުންގެ އިއްތިފާގުންނެވެ.

އެ ކޮމިޝަންގެ ރައީސްކަމަށް ރަމީލާ އައްޔަންކުރުމަށް

ރުހުން ދީފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުން ފެށިގެން ރަމީލާ

ހުންނެވީ އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައެވެ.

މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ

މިނިސްޓަރުކަން އަދާކުރެއްވި ރަމީލާ އެ މަގާމުން އިސްތިއުފާ ދެއްވީ 2024 ވަނަ

އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މަގާމުން އޭރު އިސްތިއުފާ ދެއްވީ ކެންސަރު

ބައްޔަށް ފަރުވާ ހޯއްދެވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް