ޚުޠުބާގައި ދުންފަތުގެ އިސްތިޢުމާލުގެ ވާހަކަ: ބުރަމަސައްކަތުން ހޯދާ ފައިސާ އަލިފާން ޖަހައި އަންދާލަން ހެޔޮވާނީ ކިހިނެއް ؟

ހުކުރު ޚުޠުބާ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ގެއްލުމަށް ޚާއްޞަކޮށްފިއެވެ. ޚުޠުބާގައި ބުނެފައިވަނީ ދުންފަތަކީ، ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން، ކަމާ ގުޅޭ ގޮތުން ކުރެވިފައިވާ އެންމެހަ...

05 Dec 2025 | 05:46
N/A

N/A

ހުކުރު ޚުޠުބާ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ

ގެއްލުމަށް ޚާއްޞަކޮށްފިއެވެ.

ޚުޠުބާގައި ބުނެފައިވަނީ ދުންފަތަކީ،

ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން، ކަމާ ގުޅޭ ގޮތުން

ކުރެވިފައިވާ އެންމެހައި ދިރާސާތަކުން ސާބިތުވެފައިވެއެވެ. އެހެނަސް، ދުންފަތުގެ

އިސްތިޢުމާލުކުރާ މީހުން، އެ ކަމާ މެދު މާބޮޑު ފަރުވާލެއް ނުބަހައްޓައި، އެ ކަން ކުރެއެވެ.

ތިމާމެންގެ އަމިއްލަ އަތްތަކުން ތިމާމެންގެ އަމިއްލަ ހަށިތައް ހަލާކުގެތެރެއަށް

ވައްޓައިލާކަމަށެވެ .

"ބުރަ މަސައްކަތުން،

ހޯދާ ފައިސާ، ބޭކާރު ގޮތުގައި ހޭދަކޮށް، އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ، އަމިއްލަ ބޭނުންތަކަށާއި، އަނބިދަރީންނަށާއި

ގާތްތިމާގެ މީހުންނަށާއި، ޙާޖަތްތެރީންނަށް، އެ ފައިސާ ހޭދަކުރުމުގެ ބަދަލުގައި،

އެއްވެސް ފިކުރެއް ނެތި، ތިމާގެ އަމިއްލަ އަތުން އަލިފާންޖަހައި، އަންދައިލާން

ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟" ޚުޠުބާގައި ސުވާލު އުފައްދާފައިވެއެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ދުންފަތުގެ

އިސްތިޢުމާލުކުރުމަކީ، ފުއްޕާމެއަށް ކެންސަރުޖެހުމަށް ދިމާވާ އެންމެ ބޮޑު

ސަބަބެވެ. މީގެ އިތުރަށް، މި ކަމަކީ ހިތާ ގުޅިފައިވާ ލޭނާރުތަކުގައި ސަރުބީޖަހައި،

ލޭހިނގުމަށް ދަތިވެ ހޮޅިތައް ބެދުމަށް މެދުވެރިވާ ކަމެކެވެ. އެތެރެހަށީގެ ބައެއް

ގުނަވަންތަކަށް ކެންސަރުޖެހި މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ

އިސްތިޢުމާލުކުރުން ހިމެނެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުން، މާބަނޑު

އަންހެނާގެ ބަނޑުގައިވާ ދަރިފުޅު ބައިގެންދިއުމަށާއި، ވިހެއުމުގެ ކުރީން ދަރިފުޅު

މަރުވުމަށާއި، ގޮހޮރު ފާރުވުން ފަދަ ކަންތައްތަކަށް މަގުފަހިވެއެވެ.

"ދުންފަތުގެ

އިސްތިޢުމާލުކުރުމުން ގެއްލުންލިބެނީ ހަމައެކަނި އެ ކަން ކުރާ ބަޔަކަށް ނޫނެވެ.

މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން، އެ ތަނެއްގައި

ތިބި ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހުންނަށް ވެސް ބޮޑެތި ގެއްލުން ލިބެއެވެ.

އެހެންކަމުން، ދުނިޔޭގެ ގިނަ ޤައުމުތަކުގައި، މިއަދު ވަނީ މީހުން އެއްވެއުޅޭ

ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްފައެވެ. މަތިންދާބޯޓުތަކާއި

އެއަރޕޯޓުތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި މަދަރުސާ ފަދަ

ތަންތާނގައި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވިފައި ވެއެވެ. ދިރާސާތަކުން

ދައްކާ ގޮތުގައި، ސިނގިރޭޓެއް ބޮއި ނިމެންދެން، އެ މީހަކާ އެއް މަޖިލީހެއްގައި

ހުރި މީހަކަށް، ސިނގިރޭޓެއްގެ ދެބައިކުޅަ އެއްބައި ބުއިމުން ލިބޭނޭ ގެއްލުން

ހުންނާނީ ލިބިފައެވެ. އެހެންކަމުގައިވާ ނަމަ، ތިމާގެ ވަށައިގެން އުޅޭ މީހުންނާއި

ތިމާއަށް ވުރެ ޢުމުރުން ދޮށީ މީހުންނާއި، އަނބިދަރީންނާއި، ގާތްތިމާގެމީހުންގެ

މޫނާ ދިމާއަށް، ދުންފަތުގެ ވިހަ ދުން ދޫކުރުން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟

ޝައްކެއްނެތެވެ. ކޮންމެ މީހެއްގެ ވެސް އެންމެ ގާތުގައިވާނީ، އެ މީހެއްގެ ދެ ކޮނޑުގައިވާ

ދެ މަލާއިކަތްބޭކަލުންނެވެ." ޚުޠުބާގައި

ވެއެވެ.

ގޭތެރޭގައްޔާއި، މީހުން އެއްވެ އުޅޭ ތަންތާނގައި ދުންފަތުގެ

އިސްތިޢުމާލުކުރުމުން، އެތަންތާނގައި ދިރިއުޅެމުންދާ އަހަރެމެންގެ ކުޑަކުދީން ދުޅަހެޔޮކަމާ

އެކު ސާފު ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ގެއްލޭކަން އިޙްސާސުކުރެވޭ ބާވައެވެ!

އެ ކުދީންނަކީ، މި ޙައްޤު ހޯދުމަށް ނުކުމެ، އެ ކަމާ ވަކާލާތު ކުރެވޭވަރުގެ ޤާބިލު

ބަޔަކަށްނުވާ ހިނދު އެ ކުދީންގެ މި ޙައްޤުތައް ހޯދައިދިނުމީ ކޮންބަޔެއްގެ

މަސްއޫލިއްޔަތެއްބާވައެވެ!

ދުންފަތުގެ އިސްތިޢުމާލުކުރުމީ،

ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމަޢުގެ ޙައްޤުގައި ކުރެވޭ ބޮޑު އަނިޔާއެކެވެ.

ވީއިރު، މި ސުންޕާ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ޓަކައި، ވަރުގަދަ ޢަޒުމަކާއެކު

ކުރިމަތިލާށެވެ! ފުރަތަމަ ތިމާގެ އަމިއްލަ ނަފުސެވެ. ދެން ޢާއިލާއެވެ. އެއަށްފަހު މުޖުތަމަޢެވެ.

ދަންނާށެވެ! ޙަޤީޤީ ރަޙުމަތްތެރީންނަކީ، ހެޔޮ

ކަންކަމަށް މަގުފަހިކޮށްދީ، ހެޔޮ ނަސޭހަތްދޭ މީހުންނެވެ. ނުބައި ކަންކަންކަމަށް

ހިތްވަރުދޭ މީހުން ރަޙުމަތްތެރީންކަމުގައި ނުބަލާށެވެ! ގެއްލުންދޭ، އަދި ގެއްލުމަށް

މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލިވާންޖެހޭކަމާއި، އެފަދަ ކަމެއް ކުރުމީ ޙަރާމްކަމެއްކަމުގައި،

ޢިލްމުވެރީން އިއްތިފާޤުވެވަޑައިގެންފައި ވެއެވެ. އެތެރެހައްޓަށް ޖެހޭ ގިނަ

ބަލިތަކުގެ އަޞްލަކީ، ދުންފަތުގެ އިސްތިޢުމާލުކުރުންކަމުގައިވީ ހިނދު، ދުންފަތުގެ

އިސްތިޢުމާލުކުރުމަށް، ލަސްލަހުން އަމިއްލަނަފްސު މަރައިލުމޭ ވެސް ކިޔައެވެ.

ޚުޠުބާ ނިންމާލަމުން ބުނެފައިވަނީ ދުންފަތުގެ

އިސްތިޢުމާލުކުރުމީ ބޮޑު އިސްރާފެއް ކަމަށާއި އިސްރާފުކުރުމީ

އިސްލާމް ދީނުގައި ޙަރާމް ކުރައްވައިފައިވާ ކަމެއް ކަމަށެވެ. ގެއްލުންދެނިވި އެންމެހައި ތަކެތީން ދުރުހެލިވުމަށް، އިސްލާމް

ދީނުގައި ވަނީ އަންގަވައިފައިވާކަމަށާއި ރަނގަޅުހައި

ތަކެތި ޙަލާލުކުރައްވައި އަދި އެންމެހައި ނުބައި ތަކެތި ވަނީ ޙަރާމްކުރައްވާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް