ބިންހެލުން އަންނަކަން ކުރިއާލާ އެނގޭނެ ގޮތެއް ހޯދިފައެއް ނުވޭ: މެޓް

ބިން ހެލުމެއް އަންނަކަން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތެއް ހޯދިފައި ނުވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ. މެޓުން މިހެން ބުނެފައި މިވަނީ ރާއްޖެއާ އެންމެ ކައިރ...

05 Jul 2026 | 10:51
ބިން ހެލުމެއް އަންނަކަން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތެއް ހޯދިފައި ނުވާކަމަށް މެޓުން ބުނޭ --

ބިން ހެލުމެއް އަންނަކަން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތެއް ހޯދިފައި ނުވާކަމަށް މެޓުން ބުނޭ --

ބިން ހެލުމެއް އަންނަކަން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތެއް ހޯދިފައި ނުވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓުން މިހެން ބުނެފައި މިވަނީ ރާއްޖެއާ އެންމެ ކައިރީގައި، އިންޑިއާ ކަނޑުގައި އޮންނަ ޓެކްޓޯނިކް ޕްލޭޓް ކާލްސްބާގު ރިޖަށް ކުރިއަށް އޮތް ދުވަސްތަކުގައި 5.2 މެގްނިޓިއުޓްގެ ބިންހެލުމެއް އަތުވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ދައުރުވަމުން ދަނިކޮށެވެ. އޭގައި ބުނެފައިވާ ގޮތުގައި އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

މެޓުން ނެރުނު ބަޔާނެއްގައި ބުނީ ދިގު މުއްދަތަކަށް ބަލައި ބިން ހެލުންތައް އައުން ގާތް ސަރަހައްދުތަކެއް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށެވެ. އެކަމަކު ބިން ހެލުން އަންނާނެ، ވަގުތު، ތަން އަދި ތާރީހެއް ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތްތަކެއް ނެތް ކަމަށެވެ.

އެ އިދާރާއިން ބިން ހެލުންތަކުގެ މައުލޫމާތު މެދުކެނޑުމެއް ނެތި ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ. ރާއްޖެއަށް އަސަރެއް ކޮށްފާނެ ފަދަ ބިންހެލުމެއް އަތުވެއްޖެ ނަމަ، އެ އިދާރާއިން އެ މައުލޫމާތު ލަސްނުކޮށް އާންމުންނަށް ހިއްސާކުރާނެ ކަމަށް ވެސް ބުންޏެވެ.

ބިންހެލުމަކީ ކުރިއާލައި ދެނެގަނެވޭ ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ޕޯސްޓުތަކާއި މެސެޖުތައް މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުން އަންނާތީ އެކަމަށް ސަމާލުވާން މެޓް އޮފީހުން އިލްތިމާސްކުރި އެވެ.

ރާއްޖެއަށް ބިން ހެލުމާއި އެކު ސުނާމީ އަރައި އެންމެ ބޮޑު ގެއްލުންވީ 2004 ޑިސެމްބަރުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް